ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް ސަލީމް، ނައިބަކަށް އަލީ ފަޒާދު

TTH_Ads
STO_Ads
Advertisement

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ 2026ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށް އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އައްޔަން ކުރައްވައިފިއެވެ. ބަޖެޓު ދިރާސާ ކުރާ ކޮމިޓިގެ މުގައްރިރާއި ނައިބު މުގައްރިރު އައްޔަން ކުރައްވާފައިވަނީ އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އެކުލަވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެންނެވެ. އެގޮތުން މި ކޮމިޓީގައި 22 މެންބަރުން ތިއްބަވާނެއެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެންބަރުން

  • ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު
  • މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޟަމީރު
  • ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް
  • ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުއްޣަފޫރު މޫސާ
  • ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
  • ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު
  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ހާމިދު
  • ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސް
  • އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް
  • ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ހަބީބު
  • މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
  • ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
  • ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު
  • ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު
  • ތިނަދޫ ދާއިރާގެ މެންބަރު އުތުރު ސައުދުﷲ ހިލްމީ
  • ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު
  • ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު ޙަމަދު ޢަބްދުﷲ
  • ފުވައްމުލައް މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު
  • ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރު
  • މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެމެންބަރު އަލީ ފަޒާދުގެ ނަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. އެ ދެ ނަން ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

HajjCop_ads
Advertisement

މިދިޔަ އަހަރު އެކުލަވައިލި ބަޖެޓް ދިރާސާކުރާ ކޮމިޓީގައި މުގައްރިރަކަށް ހުންނެވީ ފަޒާދެވެ. އަދި ނައިބަކަށް ހުންނެވީ ސަލީމެވެ. މިއީ ކޮންމެ އަހަރަކު އުފައްދާ ވަގުތީ ކޮމިޓީއެކެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި މި މަހުގެ 19ވަނަ ދުވަހަށް ބަޖެޓުގެ ކަންކަން ނިންމައި ރިޕޯޓު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ވަނީ ބަޖެޓަށް ބަހުސްކުރުން ކުރިއަށްދާނެ ގޮތް މީގެކުރިން ފާސްކޮށްފައެވެ. އެގޮތުން، ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ވަގުތެއް ދޭއިރު ވަޒީރާ ސުވާލުކުރުމަށް 45 މިނެޓު އަދި ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 7 މިނެޓުގެ ވަގުތެއް ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ސަރުކާރުން ވަނީ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވާފައެވެ. ބަޖެޓް ދިރާސާ ކުރާނީ އެކަމަށް ޚާއްސަ ކޮމިޓީންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް

CEV1UTPynNfdhixC99klhF2INIa7yGa8HC68DwMY 551x431

ރައްޔިތުންނާއި ޤައުމަށް ފައިދާ ނުވާނެގޮތަށް ފަޅުތަކާއި ރަށްތައް ބޭނުންކުރެވިގެން ނުވާނެ: މެންބަރު އިބްރާހީމް ޙުސައިން