ކުއްލި ޚަބަރު

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

މަމްދާނީއާ ވާހަކަ ދައްކަން ތައްޔާރު، އެއްބާރުލުން ނުދޭނަމަ މަމްދާނީގެ މަސައްކަތަށް ހުރަސްއަޅާނަން: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ސަރުކާރަށް އެއްބާރުލުން ނުދީފިނަމަ ޒޮހްރާން މަމްދާނީ މޭޔަރުކަމުގައި ކުރައްވާ އެއްވެސް ކަމެއް ކާމިޔާބުވިޔަ ނުދެއްވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ނިއުޔޯކް ސިޓީގެ މޭޔަރު ކަމުގެ އިންތިޚާބު މަމްދާނީ ކާމިޔާބު ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ފެޑެރަލް ސަރުކާރާ ރަނގަޅު ގުޅުމެއް ގާއިމްކޮށް، ސަރުކާރަށް އެއްބާރުލުން ދިނުމަށް މަމްދާނީއަށް ގޮވާލައްވާފައެވެ.

ނިއުޔޯކް ސިޓީއަށް ގިނަ ކަންކަން ހަމަޖެހިގެންދާނީ އޭނާ ހުއްދަ ދިނުމުން ކަމަށާއި، އެހެންކަމުން، މަމްދާނީ ސަރުކާރަށް އެއްބާރުލުން ނުދޭނަމަ އޭނާއަށް އެއްވެސް ކަމެއް ކޮށް ނުދެއްވާނެ ކަމަށް ޓްރަމްޕް އިންޒާރު ކުރައްވާފައި ވެއެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ އެދިވަޑައިގަންވަނީ ނިއުޔޯކް ސިޓީއަށް ކާމިޔާބީ ލިބުން ކަމަށާއި، މަމްދާނީއަށްވެސް ކާމިޔާބީ ލިބުން ކަމަށެވެ.

އެހެން ވިދާޅުވުމަށްފަހު އަވަސްއަވަހަށް ވިދާޅުވީ، އޭނާ އެދިވަޑައިގަންނަވަނީ ނިއުޔޯކް ސިޓީއަށް ކާމިޔާބީ ލިބުން ކަމަށާއި، ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުދޭނަމަ މަމްދާނީ ކުރައްވާ ހުރިހާ ކަމަކަށް ހުރަސް އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޓްރަމްޕް ވިދާޅުވީ، އޭނާ ހުންނެވީ މަމްދާނީއާ ވާހަކަ ދައްކަވަން ތައްޔާރަށް ކަމަށެވެ.

މޭޔަރުކަމުގެ އިންތިޚާބުގެ ކާމިޔާބީއަށްފަހު ދެއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި، މަމްދާނީ ވިދާޅުވީ، އޭނާއާ ވާހަކަ ދައްކަވަން ވޮޝިންޓަނަށް “ދޮރު ބަންދުނުވާ” ކަމަށެވެ. އޭނާ އިންތިޒާރުކުރަނީ ރައީސް ޓްރަމްޕް ގުޅުއްވާނެ ވަގުތަކަށް ކަމަށްވެސް މަމްދާނީ ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ އެންމެ ބައިބޯ އަދި އެމެރިކާގެ އެންމެ މުހިންމު ސިޓީ ކަމަށްވާ ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު މަމްދާނީ ކާމިޔާބު ކުރެއްވި ނަމަވެސް، ރައީސް ޓްރަމްޕްވެސް އަދި އެމެރިކާ ސަރުކާރުންވެސް އަދިވެސް އޭނާއަށް މަރްހަބާއެއް ނުކިޔައެވެ.

އިންތިޚާބުގެ ކާމިޔާބީއާ ގުޅިގެން ސަޕޯޓަރުންނާ މުޚާތަބު ކުރައްވައި މަމްދާނީ ދެއްކެވި ވާހަކަތައް ޓްރަމްޕް ސިފަ ކުރެއްވީ “ނުރައްކާތެރި” ވާހަކަތަކެއްގެ ގޮތުގައެވެ.

މަމްދާނީވަނީ، އޭނާގެ މަސައްކަތަށް ޓްރަމްޕް ހުރަސް އަޅުއްވާނަމަ އެކަންކަމާ ގާނޫނީގޮތުން ކުރިމަތިލައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ޒޮހްރާން މަމްދާނީ

މަމްދާނީ ހޯއްދެވި ކާމިޔާބީއަށް ޔޫގަންޑާގެ ޒުވާނުންވެސް އުފާފާޅުކުރަނީ

މަމްދާނީގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރަން ފަށައިފި

ނިއުޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ޒޮހްރާން މަމްދާނީ ކާމިޔާބު ކުރައްވައިފި

ނިއުޔޯކް ސިޓީ މޭޔަރުކަމަށް ބޭފުޅަކު އިންތިޚާބުކުރަން ވޯޓުލާން ފަށައިފި، މަމްދާނީވެސް ވޯޓުލައްވައިފި

TTH_advertisement