ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ: މާލީ ވަޒީރު

Dsc 0850

ސަރުކާރުން އަމިއްލަ ކުންފުނިތަކާއި ހަވާލުކުރާ މަޝްރޫޢުތަކަށް ފައިސާ ދޫކުރާނީ އެ މަޝްރޫޢު ކުރިއަށްދާ މިންވަރަށް ބަލައި ހަރުދަނާ މިންގަންޑެއްގެ ތެރެއިން ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިން

ތަރައްޤީގެ މަޝްރޫޢުތައް އަމިއްލަ ކުންފުނިތަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމީއްޔާތު ވާހަކަ ދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުން 206 މަޝްރޫޢުއެއް ކުންފުނިތަކާއި ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކަމަށެވެ. މީގެ ސަބަބުން ބޭންކުތަކުން ފައިނޭސިންގ ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ރައްޔިތުން އެދޭ އަވަސް މިނެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކުގެ ތެރެއިން ސަރުކާރުން 4 އަމާޒެއް ހާސިލްކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަމަށް އިސްކަން ދޭނެ ކަމަށާއި، ފައިސާ ދޫކުރުމުގައި ސްޓޭންޑަޑައިޒް ނިޒާމެއް ޤާޢިމްކޮށް ސަރުކާރު މުޢައްސަސާތަކުން މަޝްރޫޢުތަކުގެ ހިންގުން ވަޒަން ކުރާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މަޝްރޫޢުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް މެއިންޓެނެންސް ޒިންމާތައް މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހިންނަށް ޕްރައިވެޓް ސެކްޓަރގެ ތެރެއިން ލިބޭ ވަޒީފާ ފުރުސަތު އިތުރުކުރުމަކީވެސް މިކަމުން ހާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

” މިއަދު ސޮއިކުރެވޭ މަޝްރޫޢުތަަށް ސަރުކާރުން ކަނޑައަޅާ ޕާފޯމެންސް މިންގަނޑުތަކާއި، މަސައްކަތުގެ ނަތީޖާ ތަކާއި ގުޅިފައިވާ ގޮތަށް ފައިސާ ދިނުމުގެ ސާފު އޮނިގަނޑެއް ޤާއިމްކުރެވޭނެ. މިއީ ހަލުވިކަމާއި ޖަވާބުދާރީވުން އެއްކޮށްލާ ނިޒާމެއް. މި ޕްރޮގްރާމުގެ ބޭނުމަކީ ރައްޔިތުން އެދޭފަދަ ނަތީޖާއެއް ނެރެދިނުން. ކޮންމެ މަޝްރޫޢެއް އެކުލަވާފައިވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ސީދާ އަސަރުކުރާނެ ” ވަޒީރު ޒަމީރު

މާލީ ވަޒީރު ވިދާޅުވީ މިމަޝްރޫޢުތަކާއެކު އެކި ފަރާތްތަކުގެ އަތްމަތި ތަނަވަސްވެ ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބޭނެ ކަމަށެވެ. އަދި މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް މިއީ އެޅިގެންދާ ބިންގަލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ދިވެހި ވިޔަފާރިތައް ބާރުވެރިކޮށް ބޭރުގެ ވިޔަފާރިތަކުން ޤައުމުން ބޭރުކުރާ ބޭރުފައިސާ މަދުކުރަންވެސް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

” މަޝްރޫޢު ހިންގުމާއި ހަވާލުވާ ދިވެހި ވިޔަފާރިތަކަށް ބަރާބަރަށް ފައިސާ ލިބޭނެ. މި އެއްބަސްވުންތައް ހިމެނޭނީ އާންމު އިންވެސްޓްމެންޓް ފްރޭމްވޯކުގެ ތެރޭގައި މޮނިޓަރިން އިންތިޒާމު ހިމެނޭހެން. އެހެން ކަމުން ބޭންކުތަކަށްވެސް ފައިދާ ލިބި އިތުރު މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދޭން މަގުފަހިވެގެންދާނެ. ” މާލީ ވަޒީރު މުސާ ޒަމީރު

ސަރުކާރުން ވަނީ ދިވެހިރާއްޖޭގައި ދިވެހި ވިޔަފާރިތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އިމާރާތްކުރުމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަަރައިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުތައް ކުންފުނިތަކާއި ހަވާލުކުރަނީ މާލިއްޔަތު ޤަވާދުގެ ތެރެއިން ހަރުކަށި ޝަރުތުތަކާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saeed

ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ޕްރޮގްރާމް އަންނަ އަހަރު ފަށަނީ

moosa zameer

ބަޖެޓު ހުށަހަޅަން ބާއްވާ ޖަލްސާ މިއަދު މެންދުރުފަހު 2:00 ގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ

އީރާނުގައި ބާއްވާ “ކިޝް އެކްސްޕޯ” ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި

finance

ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައިއެޅުވި ދަރަނި އަދާކުރުމަށް ހަތް ބިލިއަނެއްހައި ރުފިޔާ ހަރަދުވެއްޖެ

TTH_advertisement