ކުއްލި ޚަބަރު

އެމްއެފްޑީއޭ އިން ހުއްދަ ނުދެނީސް ހުއްދަ ދިން ކަމުގެ ލޭބަލް ޖެހި މައްސަލައެއް

ދެ ރަށެއްގެ ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން 1000 ކިލޯވޮޓްގެ ޖަނެރޭޓަރު ފޮނުވައިފި

މާލޭގެ އަށް ކެފޭއަކުން ގަވާއިދާ ޚިލާފަށް އުޅުނު ފަސް ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުދޫ އާއި މީދޫ ދެންވާނީ ދުބާއީ އާއި އަބޫދާބީއަށް: މެންބަރު ޝާހިދު

Mal

މި ސަރުކާރުގައި އައްޑޫގެ ހުޅުދުއާއި މީދޫ ވާނީ، އިގުތިސާދީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރައިފައިވާ ސިޓީތަކުގެ ތެރޭގައި ހިމެނޭ، ދުބާއީއާއި އަބޫދާބީއަށް ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އައްޑޫގެ އެހެން ރަށްތަކާ އެކަހެރިކޮށް އޮންނަ ހުޅުދުއާއި މީދޫއަކީ ވަރަށް ނިކަމެތި ދެ ރަށް ކަމަށް ބައެއް މީހުންނަށް ހީވެދާނެ ކަމަށެވެ. ނަމަވެސް އެއީ ރާއްޖޭގެ ފަސްވަނައަށް އެންމެ ބިން ބޮޑު ދެ ރަށް ކަމަށާއި ދެ ރަށުގައި އޮންނަނީ ހަވަނައަށް އެންމެ ބޮޑު އާބާދީ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް ރައީސް މުއިއްޒު ފަދަ، އިޚުލާސްތެރި، ތެދުވެރި، ވަފާތެރި، ރައްޔިތުންނާ ގާތް ރައީސަކު ދެކެވަޑައިނުގަންނަވާ ކަމަށެވެ.

“އަޅުގަނޑު ދޭން އޮތް ޔަގީންކަމަކީ މިއަދުގެ ސަރުކާރު، ﷲ އިރާދަކުރެއްވިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި މި ދެ ރަށް ވެގެންދާނީ ދުބާއީއާއި އަބޫދާބީއަށޭ. މިއީ ސަމާސާ ވާހަކައެއް ނޫން،” ޝާހިދު ވިދާޅުވިއެވެ.

ހުޅުދުއާއި މީދޫގެ ރައްޔިތުންނަކީ ވަރަށް އެކުވެރި، ސަރުކާރަށް އެއްބާރުލުން ދޭ ބައެއް ކަމަށާއި ރައީސްގެ ހިތްޕުޅުގައި އެ ދެ ރަށުގެ ރައްޔިތުންނާ މެދު އޮންނަ ލޯބި އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

441373 ed603bdd a

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ހުޅުދޫ އަދި މީދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފަށައިފި

ހުޅުމީދޫގައި އިސްލާމިކް ބޭންކު އޭޓީއެމްގެ ޚިދުމަތް ފަށައިފި

Muaz

ބީއެމްއެލް ހުޅުދޫ ބްރާންޗުގެ ބިންގާ އަޅައިފި

TTH_advertisement