ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ ރޯދައަށް ރޯދަ ހަދިޔާ ބެހުމަށް މަޢުލޫމާތު އެއްކުރަނީ

އަންނަ ރަމަޟާން މަހަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތަށް ބޭނުންވާ ލިސްޓު އެކުލަވާލުމުގެ މަސައްކަތް، ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއާއި ކައުންސިލްތައް ގުޅިގެން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން، ކައުންސިލްތަކުން ވަނީ ރޯދަ ހަދިޔާ ލިބޭނެ ފަރާތްތަކުގެ މަޢުލޫމާތު އެއްކުރުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް އެ މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް އިޢުލާނުކޮށްފައެވެ.

ރޯދަ ހަދިޔާއަކީ ގޭބިސީތަކުގެ އަދަދަށް ބެލުމަށްފަހު ދޭ ހަދިޔާއެކެވެ. އެގޮތުން، އެއް ގެއެއްގައި ގިނަ ގޭބިސީތައް ދިރިއުޅޭނަމަ، އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެއެވެ. ހަދިޔާ ލިބޭ ލިސްޓް ތައްޔާރުކޮށް ވުޒާރާއަށް ހުށައަޅަނީ ކައުންސިލްތަކުންނެވެ. ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ލިސްޓު ކަނޑައަޅާ، މިމަހުގެ 20ގެ ނިޔަލަށް ވުޒާރާއަށް ހުށައެޅުމަށް ކައުންސިލްތަކަށް މިހާރު އަންގާފައިވާނެކަމަށެވެ.

އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދޭނެ ބާވަތެއް ސަރުކާރުން އަދި އިޢުލާނުކުރައްވާފައެއް ނުވެއެވެ. ނަމަވެސް، މިދިޔަ ދެ އަހަރުވެސް ސަރުކަރުން ވަނީ ރަމަޟާން މަހާ ދިމާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ހަދިޔާ ދީފައެވެ. މިފަދަ ހަދިޔާތައް ދިނުމުގެ މަގުސަދަކީ ރަމަޟާން މަހަށް ތައްޔާރުވުމުގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމެވެ.

މިދިޔަ އަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ބަހާފައިވަނީ ހަނޑޫ އަދި ފުއް ބަސްތާއެވެ. އެގޮތުން 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ސަރުކާރުން ހަދިޔާ ކުރެއްވިއެވެ. އަދި މިއަހަރު ރޯދަ ހަދިޔާގެ ގޮތުގައި 111,231 މަސް ދަޅު ކޭސް ބަހާފައިވެއެވެ. ކޮންމެ ގެއަކަށް 48 ދަޅުގެ މަސްދަޅު ކޭސް ބަހާފައިވާއިރު، އެކަމަށް 81 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. މިފަހަރުވެސް ހަދިޔާ ދިނުމަށް ތައްޔާރުވަމުންދާއިރު، ކައުންސިލްތަކުން މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

zakat

ފުރަތަމަ ހަފުތާގައި ފިތުރު ޒަކާތުގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ލިބިފައިވޭ: ޒަކާތު ހައުސް

hukuru khuthuba

ރަމަޟާންމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީނެގުމާއި ނިދުމުގެ މައްސަރެއް ނޫން: ޚުޠުބާ

police

ރޯދަ މަހު ދުވާލު ކައިގެން އަނެއްކާވެސް މީހަކު ހައްޔަރުކޮށްފި

raees Office

މަރޗް 9 އިން ފެށިގެން ރަމަޟާންމަހުގެ ފަހުދިހަ ބަންދު