ކުއްލި ޚަބަރު

ހުޅުމީދޫ އާއި ހިތަދުއާ ގުޅުވާލާ ބްރިޖްގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ: ރައީސް

ކޮލެޖެއް ހިންގާތާ 15 އަހަރުވެފައިވާނަމަ، ޔުނިވާސިޓީއަކަށް ބަދަލުކުރެވޭ އިސްލާހު ފާސްކޮށްފި

ހުޅުދޫ އާއި މީދޫ ދެންވާނީ ދުބާއީ އާއި އަބޫދާބީއަށް: މެންބަރު ޝާހިދު

އިންސާނީ ޙައްޤުތަކާ ބެހޭ ރިވިއުގެ ވަރކިން ގުރޫޕުގައި ރާއްޖެއިން ބައިވެރިވާނެ: ޚާރިޖީ ވުޒާރާ

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލުން ބާއްވާ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ނުވަތަ އިންސާނީ ޙައްޤުތަކަށް އެޅޭ ފިޔަވަޅުތައް މުރާޖަޢާކުރާ ވަރކިން ގުރޫޕުގައި ދިވެހިރާއްޖެއިން ބައިވެރިވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

50 ވަނަ ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ވަރކިން ގުރޫޕު ބައްދަލުވުން ކުރިއަށްދާނީ، މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދު މިހާރު ވަނީ، ސްވިޓްސްޒަލޭންޑްގެ ޖެނީވާއަށް ގޮސްފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު ބޭއްވުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 5 ވަަނަ ދުވަހު ކަމަށެވެ. މި ރިވިއުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ނިޒާމުތަކާ ގުޅިގެން ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން އަރުވާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ. އަދި އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ބިނާކުރަނިވި ލަފާ ހުށަހަޅާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ މި ބައްދަލުވުމުގައި ބައިވެރިވާ ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވަނީ، ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މި ވަފުދުގައި ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ކައުންސެލަރ އާދަމް ހާމިދާއި، ކައުންސެލަރ އާމިނަތު ޝިފާޔާ އިބްރާހީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އ.ދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖީލީހުގެ ނައިބު ރައީސްގެ ޙައިސިއްޔަތުން ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު، ރިވިއު ބައްދަލުވުމުގެ ތެރެއިން ކުރިއަށްދާ ބައެއް ސެޝަންތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އ.ދގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ޔޫޕީއާރު ވަރކިންގ ގުރޫޕުގައި ރާއްޖޭގެ އިތުރުން 13 ޤައުމަކުން ބައިވެރިވެއެވެ.

ޔުނިވަރސަލް ޕީރިއަޑިކް ރިވިއުގެ ވަރކިންގ ގްރޫޕުން ކޮންމެ އަހަރަކު ތިން ސެޝަނެއް ބާއްވައެވެ. ޔުނިވަރސަލް ޕީރިއަޑިކް ރިވިއުއަކީ، އ.ދގެ މެންބަރު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ދިރާސާ ކުރުމަށް ޤައުމުތަކުން އިސްނަގައިގެން ހިންގާ މުރާޖަޢާއެކެވެ. މި ނިޒާމުގެ ސަބަބުން ކޮންމެ ޤައުމަކުންވެސް އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި ވެފައިވާ ވަޢުދުތައް ފުއްދުމުގައި ހޯދާފައިވާ ކުރިއެރުންތައް ރިޕޯޓްކުރުމުގެ ފުރުޞަތު ފަހިވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޝިރުޒިމަތު އެންޓީގާ އެންޑް ބާބިއުޑާގެ ސަފީރަކަށް އައްޔަންކުރަން މަޖިލީހަށް

ސިޔާސީ ދާއިރާއިން އެއްބާރުލުން ދިނުމަށް ރާއްޖެއާއި މިޞްރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

dr khaleel

ޑރ.ޙަލީލް ރަސްމީ ދަތުރުފުޅެއްގައި މިޞްރަށް

އދ. ގެ ޖީޖީއައިއެމް-އޭޕީގެ އެގްޒެކެޓިވް ބޯޑުގެ މެންބަރަކަށް ރާއްޖެ ހޮވިއްޖެ

TTH_advertisement