ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލް ބަނދަރާ ކައިރިން ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގެ ތަހުގީގު ފަށައިފި

MPL

މިމަހު 2 ވަނަދުވަހު މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖެހުނު ހާދިސާއެއްގެ ތަހުގީގު އެމްޕީއެލްއިން ފަށައިފިއެވެ. މި ހާދިސާގައި 14 މީހުން ތިބި އުޅަނދުން ދެ މީހުން ވަނީ ނިޔާވެފައެވެ.

ހާދިސާ ހިނގީ އެދުވަހު މެންދުރު 3:44 ހާކަން އިރުއެވެ. މި އުޅަނދުން 6 މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު، ނިޔާވި ދެ މީހުންނަކީ އެމްޕީއެލްގެ ލޭބަރަރުންގެ މަގާމުގައި ތިބި މުވައްޒަފުންނެވެ. އެދުވަހު މެންދުރު ނިޔާވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހުސައިން އަދި އެރޭގެ ދަންވަރު ނިޔާވީ އަލީ އަފްލާހް އަބްދުﷲއެވެ.

އެމްޕީއެލްއިން އާންމުކުރި ބަޔާނެއްގައި ބުނީ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު އެތެރޭ ތަހުގީގު ކުރިއަށްދާ ކަމަށާއި، ތަހުގީގުން އެނގޭ މަޢުލޫމާތު އާންމުކުރާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިލަފުށީގައި ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ 3000 ޓީއީޔޫއަށް އިތުރުކޮށްފި

minister saeed

ލޮޖިސްޓިކްސް މައި ނެޓްވޯކްގެ ތެރެއަށް އަމިއްލަ ކުންފުނިތަކަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

Mussss

ލޯންޗު އެކްސިޑެންޓްގައި އަތްބުރިވި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް

Mussss

ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި، ގެއްލުނު ދެ މީހަކު ހޯދަނީ