ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

ރޭޕް ވީޑިއޯ ލީކްކޮށްލުމަކީ އިސްރާއީލުގެ ޕީއާރަށް މިހާތަނަށް ދެވުނު އެންމެ ނުރައްކާރެރި ހަމަލާ: ނަތަންޔާހޫ

މުޖުރިމު ނަތަންޔާހޫ (ކ) އޭނާގެ ކެބިނެޓް ބައްދަލުވުމެއްގައި:

ރޭޕް ވީޑިއޯ ލީކް ކޮށްލުމަކީ އިސްރާއީލުގެ ތަސައްވުރަށް މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު ހަމަލާ ކަމަށް، މުޖުރިމު ނަތަންޔާހޫ ބުނެފިއެވެ.

އިސްރާއީލުގެ ކެބިނެޓް ޖަލްސާގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލު ވުޖޫދިވީފަހުން އިސްރާއީލުގެ ނަމަށް މިވަރުގެ ގެއްލުމެއް ލިބުނު ކަމަކާ ލައިނުގަންނަ ކަމަށެވެ.

ލީކްކޮށްލައިގެން އުޅެނީ، އިސްރާއީލުގެ ސްޑޭ ޓެއިމަން ޖަލުގައި އިސްތިއުމާރީ ސިފައިންގެ މީހަކު ފަލަސްތީނު ގައިދީއަކު ރޭޕްކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެ ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

މި ވީޑިއޯ ލީކްކޮށްލާފައިވަނީ އޭނާ ހުއްދަ ދީގެން ކަމަށް އިސްރާއީލު ޑިފެންސް ފޯރސްގެ އިސް ލޯޔަރު ޖެނެރަލް ޔިފަތު ޓޮމަރ-ޔެރުޝަލްމީވަނީ އިއުތިރާފްވެސް ވެފައެވެ. އަދި އެކަމަށް އިއުތިރާފް ވުމަށްފަހު އޭނާ ވަނީ މަގާމުންވެސް އިސްތިއުފާ ދީފައެވެ.

ނަތަންޔާހޫ ބުނެފައިވަނީ، ވީޑިއޯ ލީކްކޮށްލުމަކީ އިސްރާއީލުގެ ނަމަށާއި، ތަސައްވުރަށް މިހާތަނަށް ދެވުނު އެންމެ  ނުރައްކާތެރި ޕްރޮޕަގެންޑާ ހަމަލާ ކަމަށެވެ. މިކަމުގެ ގެއްލުން އިސްރާއީލު ދައުލަތަށާއި، ސިފައިންނަށްވެސް ނުހަނު ބޮޑަށް ލިބެމުންދާ ކަމަށް ބުނެފައި ވެއެވެ.

ޖަލުގައި ފަލަސްތީނު ގައިދީ ރޭޕްކުރުމާއި އަދި އެކަމަށް އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ ސިފައިން އަދީއްތަ ދުވަހުވަނީ، މޫނު ނިވާކޮށްގެން ތިބެ އެމީހުންގެ ގާނޫނީ ވަކީލުންނާއެކު ޕްރެސް ކޮންފަރެންސެއް ބާއްވައި އެމީހުން ހިންގި ޖަރީމާ ދިފާއުކޮށް ވާހަކަ ދައްކާފައެވެ.

މިޖަރީމާ ހިންގި ކަމަށް ތުހުމަތު ކުރެވިފައިވާ މީހުން ހައްޔަރުކޮށް އެމީހުންގެ މައްސަލަ ބެލުމުގެ ބަދަލުގައި އިސްރާއީލުން އުޅެނީ ވީޑިއޯ ލީކްކޮށްލި މީހަކު ހޯދުމަށެވެ.

ނަތަންޔާހޫ ކެބިނެޓްގައި މިވާހަކަ ދެއްކިތާ މާ ގިނަ އިރެއް ނުވެ، ދިފާއީ ފޯރސްގެ އިސް ގާނޫނީ ވަކީލު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށާއި، ތެލް އަވީވްގެ އައްސޭރިފަށުގެ ސަރަހައްދަކުން އޭނާގެ ކާރު ފަހުން ފެނުނުއިރު، ކާރުތެރެއިން ފެނުނު ސިޓީއެއްގައި އޭނާ އަމިއްލައަށް މަރުވަނީކަމަށް ލިޔެފައިވާ ކަމަށް އިސްރާއީލު މީޑިއާއިން ބުންޏެވެ.

ނަމަވެސް ފަހުން ބުނެފައިވަނީ، އިސްރާއީލު ޑިފެންސް ފޯރސްގެ އިސް ލޯޔަރު ޖެނެރަލް ޔިފަތު ޓޮމަރ-ޔެރުޝަލްމީ ފެނިފައިވާ ކަމަށާއި، ކާރާއި ސިޓީއަކީ ރޭވުމެއްގެ ތެރެއިން ކޮށްފައިވާ ކަމެއްގެގޮތުގައި ފުލުހުން ތުހުމަތުވެސް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދަ ހަމަލާތަކެއްދީ މިއަދުގެ މިހާތަނަށް 20 މީހުން ޝަހީދުކޮށްލައިފި

TTH_advertisement