ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއާޕޯޓުން ޑޮލަރު ފޭރުނު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

990

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގައި ހައްޔަރުކުރި ހަަތަރު މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް، އަހްމަދު ރައިހާން ނައީމް (20އ)، ކ. ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) ހަމަ އެގޭ ޙުސައިން ޝަހުދު (30އ) ކަމަށެވެ.

އެ މީހުންގެ ބަންދަށް ކުރިން ދިނީ ފަސް ދުވަހެވެ. ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ މިއަދުއެވެ.

އެއާޕޯޓްގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބީއެމްއެލްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭ ފަތިހު 4:25 ހާއިރުއެވެ. މިކަމުގައި ބައިވެރިވި ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓު ކޭހުގައި 100،000އަށްވުރެ ގިނަ ޑޮލަރު ހުއްޓެވެ.

ފައިސާތައް ފޭރިގަތުމަށްފަހު އެ މީހުން ލޯންޗެއްގައި ފުރައިގެން ދިޔައީ ކ. ހުރާ އަށެވެ. ފުލުހުން އެ މީހުން ހައްޔަރުކުރީ އެރަށުންނެވެ. އެ މީހުންނާ ގުޅުންހުރި އެރަށުގެ ބައެއް ތަންތަން ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބަލައިފާސްކޮށްފައެވެ.

އެ މީހުން ފޭރުނު ޑޮލަރުތައް އަދިވެސް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ބީއެމްއެލްގެ އެންމެ ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން