ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ވަކި ސިޓީ ކައުންސިލެއް ހަދަން ޝަމްހީދު ގޮވާލައްވައިފި

Mal

ހުޅުމާލޭގައި ވަކި ސިޓީ ކައުންސިލެއް ހަދަން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ގޮވާލައްވައިފިއެވެ.

‘އެކްސް’ގައި ޝަމްހީދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ އޮންނަންޖެހޭނީ މާލެއާ ވަކިން ހިންގާ ތަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވީ މާލެއާ އަޅާ ބަލާއިރު ހުޅުމާލެއަކީ ޚާއްސަ ސިފަތަކެއް ލިބިގެންވާ، ތަފާތު ތަނެއް ކަމަށެވެ.

“ހުޅުމާލެއަށް ހައްގީ މާލެއާ ވަކިން، މިނިވަން ސިޓީ ކައުންސިލެއް، މާލެ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހުޅުމާލެއަށް ދޭންޖެހޭ ވަރަށް އިސްކަން ނުދީފާނެ، އަދި އެހެން ސިޓީއެއްގެ ކައުންސިލަރުން ހުޅުމާލޭގެ ކަންކަމަށް ބަސް ކިއުމަކީ އެންމެ ރަނގަޅު އުސޫލެއްނޫން،” ޝަމްހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޓީއެއް ނުވަތަ ތަނެއް ބަލަހައްޓައި އެ ތަނެއްގެ ކަންކަމަށް ބަސްކިޔަންވާނީ އެ ތަނެއްގައި ދިރިއުޅޭ، އާދަކާދައާއި ސަގާފަތް ދަންނަ ބައެއް ކަމަށެވެ.

އެހެންވެ، ޝަމްހީދު ވަނީ ހުޅުމާލެ ވަކި ދާއިރާއަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ