މާލޭގެ ސްކޫލްތަކުން ކުރިން ދުވާލަކު 50 ނުވަތަ 60 ވޭޕް ސްޓިކް ފެންނަ ކަމަށާއި، މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނޫނީ ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން 1 ނޮވެންބަރުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާނެތީ އެކަމަށް ޚާއްސަކޮށްގެން ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން ނިންމުމުގެ ގޮތުން ދެއްވި އިންޓަވިއުއެއްގައެވެ.
”މާލެ އޭރިއާގައި ދުވާލަކު 50 ނޫނީ 60 ވޭޕް ސްޓިކް ފެނޭ ސްކޫލުން، އެހެން ނަމަވެސް މިހާރު ހަފްތާއެއްގެ މައްޗަށް އެކެއް ނޫނީ ދޭއް ވެސް ނުފެނެއޭ ބުނާ ވަރަށް މަދުވެއްޖެ، މިއީ ވަރަށް ބޮޑު ކުރިއެރުމެއް،” މިނިސްޓަރު ވިދާޅުވިއެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ މުޅި ދުނިޔެއިން ވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަ ފަދަ ކަންކަން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއީ ދިވެހީން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު