މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މާލެސިޓީ ކައުންސިލުން “މުޅިރާއްޖެެ” އަށް މައުލޫމާތު ދެއްވި ގޮތުގައި އަންނަ އަހަރުގެ ރަމަޟާން މަހު، އެ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ގުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވަނީ ދެ ގޮތްޕަކަށް ބަހައިލައިގެން ކަމަށެވެ. އެގޮތުން އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮފި ކަމަށް ވިދާޅުވިއެވެ.
ކޮންމެ ގޮތްޕެއްގައި ވެސް 6 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވާއިރު އެނޫން ކޮންމެ އުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުންނާއި ކޮންމެ ގޮއްޕަކުން، އެންމެ މޮޅު ފަސް ދަރިވަރުން ހޮވޭނެކަމަށް ކައުންސިލުން ވިދާޅުވިއެވެ. އެ ދަރިވަރުންގެ ތެރެއިން، ކޮންމެ އުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. އަދި ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ އާއި، ކޮންމެ ގޮތްޕަކުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވާނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.
މުބާރާތުގެ ވަނަ ހާސިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިޔާ ގްރޫޕާއި ޖޫނިޔާ ގްރޫޕުން، ބަލައިގެން ކިޔެވުމާއި ނުބަލައި ކިޔެވުމުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ބަލައިގެން ކިޔެވުމުންނާއި ނުބަލައި ކިޔެވުމުން، މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
ގުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން ކޮންމެ ގޮތްޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް
ކައުންސިލުން ވިދާޅުވިގޮތުގައި މަދަހަ މުބާރާތުގައި ބައިވެރިވެވޭ އުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 19 އަހަރުންދަށެވެ. ޢުމުރުފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2025 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.
މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަހަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައި ނުވެއެވެ. އެނޫން ކޮންމެ ޢުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އެ ދަރިވަރުންގެ ތެރެއިން، ކޮންމެ ޢުމުރުފުރާއަކުން، 1 ވަނަ، 2 ވަނަ ، 3 ވަނައާއި، ކޮންމެ ގްރޫޕަކުން 1 ވަނަ، 2 ވަނަ ، 3 ވަނައާއި، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ، 3 ވަނަ، ހޮވޭނެއެވެ.
މުބާރާތުގެ ވަނަ ހާސިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:
މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ސީނިޔަރ ގްރޫޕާއި ޖޫނިޔާރ ގްރޫޕުން:
1 ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
2 ވަނަ – /5000ރ، ކްލާކާއި ސެޓްފިކެޓް
3 ވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް
މުބާރާތުގެ ދެ ގްރޫޕު އެއްކޮށް، މުޅި މުބާރާތުން:
1 ވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
2 ވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
3 ވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް
މަދަހަ މުބާރާތުގެ ކޮންމެ އުމުރުފުރާއަކުންނާއި ކޮންމެ ގްރޫޕަކުން އަދި މުޅި މުބާރާތުން 4 ވަނަ އަދި 5 ވަނަ އަށް ސެޓްފިކެޓް
މި ދެ މުބާރާތުގެ ޖޫނިޔާ ގްރޫޕް ކަމުގައި ބަލާނީ، 9 އަހަރުންދަށާއި، 11 އަހަރުންދަށުގެ އުމުރުފުރާއެވެ. ސީނިޔާ ގްރޫޕް ކަމުގައި ބަލާނީ، 13 އަހަރުންދަށާއި، 16 އަހަރުންދަށާއި، 19 އަހަރުން ދަށެވެ.
ކައުންސިލުން ވިދާޅުވީ ދެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ލިންކުން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.
މި ދެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ 14.00 ގެ ނިޔަލަށެވެ.
ކިޔުންތެރިންގެ ހިޔާލު