ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ޖެނަރޭޝަނަަލް ބޭންއަކީ ޖީލުތަކުގެ ދުޅެހެޔޮކަމަަށް ކުރެވޭ ބޮޑު އިންވެސްޓުމެންޓެއް: ސާޖިދާ

madam saajida

ވަކި އުމުރަކަށްވުރެ ހަގު އެންމެނަށް ދުންފަތުގެ ބާވަތްތައް މަަނާކުރުމަށް ނިންމި ނިންމުމަކީ ކުރިއަށް އަންނާން ތިބި ޖީލުތަކުގެ ދުޅަހެޔޮކަމަށް ކުރެވޭ ބޮޑު އިންވެސްޓުމެންޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ސާޖިދާ މުޙާއްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަށް ސަރުކާރުން ހުށަހަޅައިގެން ދުންފަތާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގެ ދަށުން މިއަދުން ފެށިގެން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހު އަދި އޭގެ ފަހުން އުފަންވި އެންމެނަށް ދުންފަތް ބޭނުންކުރުމާއި އޭގެ މުއާމަލާތްކުރުން މަނާވާނެއެވެ.

މިކަމާ ގުޅިގެން އެކްސްގައި ޝާއިއިކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ މިއަދު އެޅިގެންދާ ފިޔަވަޅަކީ ދުންފަތުން ސަލާމަތްވެފައިވާ ރާއްޖެއަކަށް ވާސިލުވުމަށް އެޅިގެންދާ ތާރީހީ ފިޔަވަޅެއް ކަމަށެވެ. ދުންފަތުގެ ބާވަތްތައް ޖެެނަރޭޝަނަަލް ބޭންއެއް ތަންފީޒުކުރީތީ، ސިއްހީ ދާއިރާގެ ރަނގަޅު ފިޔަވަޅުތަކަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ސާޖިދާވަނީ ސަރުކާރުގެ ނިންމުމަށް މަރުހަަބާ ވިދާޅުވެފައެވެ.

ސާޖިދާ ފާހަގަކުރެއްވި ގޮތުގައި ޖެނެރޭޝަަނަލް ބޭންއަކީ އަންނާން ހުރި ޖީލުތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުގައި އެޅުނު މުހިއްމު ފިޔަވަޅެކެވެ. އަދި މި ފިޔަވަޅަކީ ހެކީގެ މައްޗަށް ބިނާކޮށް އެޅިގެންދާ ވަރުގަދަ ފިޔަަވަޅެއް ކަމުގައި ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ މި ފިޔަވަޅަކީ ދެވިހިފުމުގެ ވަށްބުރު ފުނޑައިލާ، ބަލިތަކުން މިންޖުކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. އެކަމަނާ އިތުރަށް ވިދާޅުވީ މި ފިޔަވަޅާއެކު ޔަގީންކުރަނީ ދުޅަހެޔޮ ވަރުގަދަ މުސްތަގުބަލެއް ޒުވާނުންނަށް ކަށަވަރުވެގެންދާނެ ކަމށެވެ.

އެކަމަނާ ސިފަކުރެއްވި ގޮތުގައި ސަރުކާރުން މިއަދު ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމަކީ ރާއްޖެއަށް މުހިއްމު ތާރީހީ ހިނދުކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement