ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް ލަފާކޮށްފި

mma

އަންނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް 903.7 މިލިއަން ޑޮލަރަށް އިތުރުވާނޭކަމަށް މާލީ ވުޒާރާއިން ލަފާކޮށްފިއެވެ.

ކުރިއަށްއޮތް 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުްނގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން މާލީ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެފައިވަނީ، 2024 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 673.9 މިލިއަން އެމެރިކާ ޑޮލަރުކަމަށެވެ.

ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދަށް ގެނެވިފައިވާ ބަދަލުތަކާއި އިގުތިސާދީ ކުރިއެރުމާއެކު 2025 ވަނަ އަހަރު ރަސްމީ ރިޒާވް 848.6 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ބެލެވޭކަމަށް ވަޒީރު ވަނީ މިއަދު ވިދާޅުވެފައެވެ. ހަމަ އެހެންމެ ކުރިއަށްއޮތް 2026 ވަނަ އަހަރު ރަސްމީ ރިޒާވް 903.7 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް މިއަދު ބަޖެޓް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ހައްލު ހޯދުމަށް އެމްއެމްއޭއިންވަނީ ބޭރު ފައިސާގެ ގާނޫނެއް އަލުން ފަރުމާކޮށް ރައްޔިތުން މަޖިލީހަށް ފޮނުވައި މަޖިލިސް މެދުވެރިކޮށް ފާސްކޮށްފައެވެ. އެއާއެކު ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރުން ލާޒިމުކޮށް އެ އާމްދަނީން ވަކި މިންވަރެއް ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައިވެއެވެ.

އެ ނިންމުމަށްފަހު ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުމާއެކު، ވިޔަފާރިތަކަށް ޑޮލަރު ވިއްކުމަށް އެމްއެމްއޭއިން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކޮށްފައިވެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ މަރުކަޒީ ބޭންކަށް ނެގުމަށްފަހު އެއިން ބޮޑު ބައެއް ބޭންކުތަކަށް މަރުކަޒީ ބޭންކުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ބޭރުފައިސާގެ ޤާނޫނަށް ގެނައި ހެޔޮ ބަދަލާއެކު ބޭންކްތަކަށް ލިބޭ ޑޮލަރު އިތުރުވެ، ކުރިން ހިފަހައްޓާފައިވާ ޑޮލަރު ލިމިޓްތައް ބީއެމްއެލުްނ އިތުރުކޮށްދީފައިވާއިރު، މިހާރު އުމުރާގެ އަޅުކަމަށާއި، ކިޔަވަން ބޭރުގައި ތިބޭ ދަރިވަރުންނަށް ކުރިއަށްވުރެ ފަސޭހަކޮށް ޑޮލަރު ލިބޭގޮތަށް އުސޫލްތައް ވަނީ ބަދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓަލިޖަންސް ހެޑަކަށް މުހައްމަދު އިޝާން އައްޔަނުކޮށްފި

mma

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅޭ ތާރީޚީ ފޮޓޯ ހޯދަނީ

finance

ބަޖެޓު ސާޕްލަސް 1.9 ބިލިއަން ރުފިޔާއަށް އަރައިފި