ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލް އިން 18 އެންބިއުލްނަސްގެ އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށްފި

ހެލްތު މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށްގެން ރާއްޖެއަށް ގެންނަ 56 އެންބިއުލަންސްގެ ތެރެއިން ފުރަތަމަ ރާއްޖެ ގެންނަ 18 އެންބިއުލަންސްގެ އިންސްޕެކްޝަން ދުބާއީގައި ފުރިހަމަކޮށްފި އެވެ.

މިމަހުގެ 21 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަނބިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ މިއަހަރުގެ ތެރޭގައި 63 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ގެންނާނެ ކަމަށެވެ.

“މިއަހަރު ނިމުމުގެ ކުރީން އަޅުގަނޑުމެން އެބަ ގެންނަން ގާތްގަނޑަކަށް 60 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް. އަޅުގަނޑު ހަނދާން ވަނީ 63 ރަށަށް ބޭނުންވާ ވަރަށް އެމްބިއުލާންސް އެބަގެނެވޭ. މި އެމްބިއުލާންސްތައް އަޅުގަނޑުމެން މި ފޮނުވަނީ މިފަދަ ރަށްރަށަށް. އެމްބިއުލާންސް ހަލާކުވެފަ ނޫނިއްޔާ އެކިކަހަލަ މައްސަލަތައް ދިމާވެފައިވާ ރަށްތަކަށް،” ރައީސް

އެމްޕީއެލުން އިއްޔެ ބުނީ އެ ކުންފުންޏަށް ހަވާލުކުރި ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ރާއްޖެ ގެންނަ 18 އެމްބިއުލަންސް އިންސްޕެކްޝަންތައް ދުބާއީގައި ފުރިހަމަކޮށްފައިވާ ކަމަށެވެ. އެ އިންސްޕެކްޝަންތައްް ކުރިއަށް ގެންދިޔައީ އެމްޕީއެލް އަދި ހެލްތު މިނިސްޓްރީގެ އޮފިޝަލުން ހިމެނޭ ޓީމަކުން ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި