ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފި

health ministry

އުކާލާ ތެޔޮ ބޭނުން ނުކުރަން އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އެކަން އަންގާ ބަޔާނެއް ނެރެފަ އެވެ. އެޗްޕީއޭ އިން ބުނީ ބައެއް ފަރާތްތަކުން ކާބޯތަކެތި ތައްޔާރުކުރުމަށް ރިސޯޓްފަދަ ތަންތަނުން އުކާލާ ތެޔޮ ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

މިއީ މަނާ ކަމެއް ކަމާއި އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަން ކުރީން ވެސް އަންގާފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެޗްޕީއޭ އިން ބުނީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގައި ބުނާ “ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް” މި ތެލުގައި ފުރިހަމަ ނުވާނެ ކަމަށެވެ. އަދި ރިސޯޓްފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތީން ތަޣައްޔަރުވެފައިވާ ތެލަށް ވެސް ވެދާނެ ކަމަށެވެ.

އެ އެޖެންސީން ވަނީ ކާބޯތަކެތި ތައްޔާރުކުރުމަށް ފަހު އުކާލާ ތެޔޮ ބޭނުން ކުރުމަށް ވަނީ އަންގާފަ އެވެ. އަދި އެތަކެތި ވިއްކާ، ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ