ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

990

އދ. މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީއިން ބުނީ، މަހިބަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 2 ވަނަ ފިޔަވަހީގެ ދަށުން މިވަގުތު ކުރިއަށް ދަނީމިރިހި ގޯޅީގައި ސްޓޯރމް ވޯޓާ ހޮޅި އެޅުމުގެ މަސައްކަތާއި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ސްޓޯމް ވޯޓާ ޓޭންކް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް ގެ އުސޫލުގެ ދަށުން، މަހިބަދޫ ދެވަނަ ފިޔަވަހީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އާރްޑީސީން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.

މި މަސައްކަތް ކޮންސްޓްރަކްޝަން މިނިސްޓްރީން އާރްޑީސީއާ ހަވާލުކުރުމުގެ ގޮތުން އެއްބަސްވުމުގައި ސޮއިކުރީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އާރްޑީސީއާ މި މަސައްކަތްހަވާލުކޮށްފައިވަނީ 420 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ ދައުލަތުގެ ބަޖެޓުން 4.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ. މިއީ މިދިޔަ ސަރުކާރުން ހަވާލުކުރި މަޝްރޫއަކަށް ވިޔަސް މި މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާން ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތްފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އާރްޑީސީން ހިތަދޫގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ފޮނުވަނީ

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

Mal

ގަމު ރިހެބިލިޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ލ. ހިތަދޫގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފި

TTH_advertisement