ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސްގެ ތަހުނިޔާ ފޮނުއްވައިފި

ތުރުކީގެ ޖުމްހުރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

ތުރުކީގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޙިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާނާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސްގެ ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ އިޖުތިމާޢީ އިޤުތިޞާދީ ދާއިރާއިން ތުރުކީގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަޖެހުމާއި އަމާންކަން ޤާއިމުކުރުމަށް ތުރުކީން ކުރަމުންދާ މަސައްކަތަށް އިތުބާރުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ތުރުކީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސުލްޖުމްހޫރިއްޔާ، ތުރުކީއަށް ވަނީ ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ބޭއްވި މަޝްވަރާތަކާއެކު ތުރުކީން ވަނި ރާއްޖެއަށް އަސްކަރީ މަނަވަރެއް ވެސް ހަދިޔާކުރައްވާފައެވެ.

ރާއްޖެއާއި ތުރުކީއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1979 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ