ކުއްލި ޚަބަރު

ފޯޅަވަހީގެ މައްޗަށް މޮރިޝަސް އަށްވުރެ ރާއްޖޭގެ ހައްގު ބޮޑު: ރައީސް

ސާވިކަލް ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ޚާއްސަ ކެމްޕޭނެއް

މޫސުމީ ބަދަލުތަކާ ގުޅިގެން އެހީ ހޯދުމަށް އިނގިރޭސިވިލާތާ މަޝްވަރާކޮށްފި

ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑުން ދުވާލަކު 3200 ޑޮލަރު މިހާރު ނެގޭނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފިއެވެ. މި ކާޑުން ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ޑެބިޓް ކާޑު ތައާރަފްކޮށްފައިވަނީ “ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް” ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާޑު އިފްތިތާހްކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

މި ކާޑުގެ ހާއްސަ ފީޗަރތަކުގެ ތެރޭގައި ހިމެނެނީ:

• ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްތަކުން ދުވާލަކު ނެގޭ ފައިސާގެ އަދަދުގެ ދެގުނަ އިތުރުވާނެ، މިގޮތުން 3,200 ޑޮލަރު ނެގޭނެ
• ދުވާލެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރުމަށް ދުވާލަކަށް 5,000 ޑޮލަރު
• ވިސާގެ ބައިނަލްއަގްވާމީ އޮފަރތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާޖް ހިދުމަތް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ އައު ވިސާ ޑެބިޓް ޕްލެޓިނަމް ކާޑަކީ ކަސްޓަމަރުންގެ ޑޮލަރު އެކައުންޓްތަކުގައި ހުންނަ ފަންޑުތަކަށް ފަސޭހައިން ވާސިލުވެ، ޕްރިމިއަމް ފެންވަރުގެ ތަޖުރިބާވެސް ލިބޭނެ ކާޑެއް ކަމަށެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް އިންޓަރނޭޝަނަލް ބޭޏްކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދިނުން. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބޭ ބޭންކިންގ ތަޖުރިބާ އިތުރަށް ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފްކުރެވުނު ކާޑެއް.” ޝަރީފް

ބީއެމްއެލުން ވިދާޅުވީ މި ކާޑަށް މިހާރުވެސް އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މި އައު ކާޑުން ކަސްޓަމަރުންނަށް ގްލޯބަލް ވިސާ ނެޓްވޯކް މެދުވެރިކޮށް މުއާމަލާތްކުރެވޭ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ލިބޭ ހާއްސަ އިނާޔަތް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

dr muthalib

ބީއެމްއެލްގެ 3،000 ފްލެޓަށް މިދައުރުގައި ނިންމައި މީހުންނަށް ވަދެވޭނެ: ޑރ. މުއްޠަލިބު

muthalib

މިއަހަރު 12،000 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާނެ: ޑރ. މުއްޠަލިބް

WhatsApp Image 2026 01 20 at 15.43.04

ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދީފި

WhatsApp Image 2026 01 18 at 18.29.29

ފީފާ ވޯލްޑްކަޕް 26 ގެ ފައިނަލް މެޗް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ވިސާ އާ ގުޅިގެން ބީއެމްއެލް އިން ފަށައިފި

TTH_advertisement