ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް މުޖުރިމު ނަތަންޔާހޫ އަމުރުކޮށްފި

މުސްލިމުންގެ ލެޔަށް ފެންބޮވައިގެންފައި ހުންނަ ބޮޑު މުޖުރިމު:

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން އުވާލައި، ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ވަގުތުން ދޭން ފެށުމަށް މުޖުރިމު ނަތަންޔާހޫ، އިސްތިއުމާރީ އަސްކަރިއްޔާއަށް އަމުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ނަތަންޔާހޫގެ އޮފީހުންނެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، މަރުވެފައިވަ އިސްރާއީލު ގައިދީންގެ 13  މީހެއްގެ ހަށިގަނޑު ހަވާލު ކުރުން ލަސްކޮށް ހަމާސްއިން އެއްބަސްވުމާ ޚިލާފްވެފައިވާ ކަމަށް ބުނެއެވެ.

ހަމާސްއިން ތަކުރާރުކޮށް ބުނަމުން ގެންދަނީ، މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައި ވުމުން، މަރުވެފައިވާ ގައިދީންގެ ހަށިތައް ހޯދަން ޚާއްސަ ޓީމުތަކާއި، މެޝިނަރި ބޭނުންވާ ކަމަށެވެ.

ހަށިތަކާ ހަވާލުވާ ރެޑް ކްރޮސްއިން ވެސް ބުނެފައިވަނީ، ގައިދީންގެ ހަށިތައް އަވަހަށް ހޯދުން އެހާ ފަސޭހަ ނުވާނޭ ކަމަށެވެ.

ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން ހެދުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި ގައުމުތަކާއި، އެމެރިކާގެ ރައީސް ޓްރަމްޕްވެސް ވަނި އެކަމުގައި ދަތިތައް ހުންނާނެ ކަމަށް ބުނެފައެވެ.

މިއިން އެއްވެސް ވާހަކައެއް އަޑު ނާހައި، ނަތަންޔާހޫ ބޭނުންވަނީ ހުއްޖަތް ދައްކައިގެން ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށެވެ.

ހަމާސްއިން އެއްބަސްވުމާ ޚިލާފްވާ ކަމަށް އިސްތިއުމާރީ ބާރުން ތުހުމަތު ކުރާއިރު، ހަމާސްއިން ބުނެފައިވަނ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް މިމަހުގެ 10 ވަނަ ދުވަހު އަމަލު ކުރަން ފެށިފަހުން އެކަނިވެސް އިސްރާއީލުން އެއްބަސްވުމާ ޚިލާފް 125 އުދުވާނު ޣައްޒާގައި ހިންގާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ