ކުއްލި ޚަބަރު

ނަވީން 32 އަހަރު ފުލުހުންގެ މުއައްސަސާއަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށްފި

ވައިނުސާފުވުމުގެ މައްސަލައިގައި ގެއްލުން ކުޑަކުރަން މަސައްކަތްތަކެއް ދަނީ ކުރަމުން: ފޮރިން މިނިސްޓްރީ

ވެމްކޯގެ މަސައްކަތު މާހައުލާ ގުޅޭ އަވަސް ތަހުގީގެއް އެޗްއާރްސީއެމް އިން ހިންގަނީ

އެގްޒޮޓިކް އެންޓަޕްރައިސެސް އިން 47 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

justice building

އެގްޒޮޓިކް އެންޓަޕްރައިސެސް ކުންފުނިން، މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އަށް 47،182،011.86 ރުފިޔާ ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އެގްޒޮޓިކް އެންޓަޕްރައިސެސްއިން ރާއްޖެ އެތެރެކުރި 180 ކޭސް ކެމަލް ޔެލޯ ސިނގިރެޓާއި 300 ކޭސް މެންޗެސްޓާ ޔުނައިޓެޑް ރޯޔަލް ރެޑް ފިލްޓާ ސިނގިރޭޓް އަދި 100 އެމެރިކަން ލެޖެންޑު ސިނގިރޭޓް، ރާއްޖެ އެތެރެކޮށް އެގްޒޮޓިކް އެންޓަޕްރައިސެސްގެ ބޮންޑެޑް ވެއާހައުސްއެއްގައި ބޮންޑުކުރިއެވެ.

ނަމަވެސް 15 ކޭސް ކެމަލް ޔެލޯ ސިނގިރޭޓް ފިޔަވައި އިތުުރު މުދަލެއް ބޮންޑެޑް ވެއާހައުސްއިން ނެރެފައިވާކަމަށް ކަސްޓަމްސްގެ ރިކޯޑުތަކުން ފެންނާކަށް ނެތެވެ. އެހެންވެ ކަސްޓަމުން ވަނީ ބޮންޑުން ނެރެފައިވާކަމަށް އެނގެން ނެތް މުދަލުގެ ޑިއުޓީގެ ގޮތުގައި 47.18 މިލިއަން ރުފިޔާ ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސަސް ކުންފުންޏަށް އަންގައިފައެވެ. ކަސްޓަމުން ތަކުރާރުކޮށް އެ އެންގުން އެންގި ނަމަވެސް އެގްޒޮޓިކް އެންޓަޕްރައިސަސްއިން އެ ފައިސާ ދައްކާފައެއް ނުވެއެވެ.

އެހެންވެ ކަސްޓަމުންވަނީ އެ ފައިސާ އެކީ އެއް ފަހަރާ އެގްޒޮޓިކް އެންޓަޕްރައިޒަސްއިން ނަގައިދިނުމަށް އެދި މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު ސިވިލް ކޯޓުގައި ދައުވާކޮށްފައެވެ.

މި މައްސަލައިގެ ލިޔެކިޔުންތައް ސިވިލް ކޯޓުގެ ފަރާތުން އެގްޒޮޓިކް އެންޓަޕްރައިސަސްއަަށް ފޮނުވި ނަމަވެސް އެ ކުންފުނިން ދައުވާއަށް ރައްދުދީފައެއް ނުވެއެވެ. އަދި ދައުވާއާ ހަވާލުވިކަމުގެ ލިޔުންވެސް ސިވިލް ކޯޓަށް އެގްޒޮޓިކް އެންޓަޕްރައިސަސްގެ ފަރާތުން ނުފޮނުވައެވެ.

އެހެންވެ ކަސްޓަމުން އެދުނީ އެގްޒޮޓިކް އެންޓަޕްރައިސަސްގެ ގައިރު ހާޒިރުގައި މި މައްސަލައިގެ ހުކުމް ކޮށްދިނުމަށެވެ.

ކަސްޓަމުން އެދުނު ގޮތަށް ސިވިލް ކޯޓުން ވަނީ 47،182،011.86 ރުފިޔާ ކަސްޓަމްސްއަށް އިއްޔެއިން ފެށިގެން 14 ދުވަހުގެ ތެރޭގައި ދެއްކުމަށް އެގްޒޮޓިކް އެންޓަޕްރައިސަސްގެ މައްޗަށް ހުކުމްކޮށްފައެވެ.

ކަސްޓަމުން މިއަަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެގްޒޮޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސް ޗެކް ކުރި އިރު، އެތަނުގައި ހުންނަން ޖެހޭ ކެމަލް ޔެލޯ ސިނގިރޭޓްގެ 165 ކޭހާއި އެމެރިކަން ލެޖެންޑްގެ 110 ކޭހާއި މެންޗެސްޓާ ރޯޔަލްގެ 300 ކޭސް، ޖުމުލަ 575 ކޭސް ސިނގިރޭޓް ގަވާއިދާ ހިލާފަށް ނެރެފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެސްޖީއެމް ބޮންޑެޑް ވެއާހައުސް ޗެކް ކުރި އިރު، އެތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑްގެ 250 ކޭސް ސިނގިރޭޓާއި އަފްޒަލް މޮލާސެސް ބްރޭންޑްގެ 130 ކޭސް ޕައިޕް ޓޮބޭކޯ، ގަވާއިދާ ހިލާފަށް ނެރެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައިވެއެވެ.

“މި ދެ ބޮންޑެޑްވެއާހައުސްގެ ރަޖިސްޓަރީ ބާތިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 47,182,011.86 ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއާ ހައުސްއިން ކަސްޓަމްސްއަށް ދައްކަން ޖެހޭ 20,720,412.54 ރުފިޔާ ޝަރީއަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފައެވެ،” ކަސްޓަމްސް

ބޮންޑެޑްވެއާހައުސްތަކަކުން ސިނގިރޭޓް ކޭސްތަކެއް ގެއްލުނު މައްސަލަ ފެންމަތިވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެ މައްސަލަ ފެންމަތިވުމާ ގުޅިގެން ކަސްޓަމްސް އިން ވަނީ އަމިއްލަ މީހުންގެ ގޭގޭގައި ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްތައް ހިންގުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އިމްޕޯޓް ޑިއުޓީ، ރޯޔަލްޓީ، ރެވެނިއު ފީ މާފުކޮށްދެވޭނެ އުސޫލު އާއްމުކޮށްފި

Nasheed

ޑީއާރުޕީގެ 4 މިލިޔަން ރުފިޔާގެ ދަރަނި ދެއްކުމަށް ނަޝީދުގެ މައްޗަށް ޙުކުމެއް

990

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 36.43 ކިލޯގެ ހަޝީޝް އޮއިލް އަތުލައިގެންފި

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ތަށި އެމްޕީއެލް އާއި ކަސްޓަމްސްއިން އުފުލާލައިފި

TTH_advertisement