ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރިސޯޓް މަޝްރޫއާއެކު ކާށިދުއަށް ސީޕްލޭންގެ ޝެޑިއުލް ދަތުރުތައް ފަށާނެ: ރައީސް

TTH_Ads
STO_Ads
Advertisement

ކާށިދޫ ފަޅުތެރޭގައި ކުރިއަށްގެންދަން ނިންމާފަވާ ރިސޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއެކު، ކާށިދުއަށް ސީ ޕްލޭންގެ ޝިޑިއުލް ދަތުރުތައް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކާށިދޫއަކީ އަތޮޅުގެ އެހެން ރަށްރަށާ ދުރުގައި އޮތް ރަށަކަށްވުމުން، އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީގޮތުންވެސް ރަށަށް ކުރިއެރުން ވަރަށް މުހިންމުކަމަށެވެ. ކާށިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމަށް އިންވެސްޓަރެއް ހޯދުމަށް ސަރުކާރުން ހުޅުވާލިނަމަވެސް، ރަށް އޮތް ސަރަޙައްދާއި އުސޫލުތައް އޮތްގޮތުން އެކަމަށް އިންވެސްޓަރެއް ލިބިފައި ނުވާކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް މި މަސައްކަތް ކުރިއަށް ގެންދިޔުމަށް، އިންވެސްޓަރެއް ހޯދުމަށް އަލުން ހުޅުވާލާފަވާކަމަށާއި އެކަމަށް މިފަހަރު ހުލުވާލީ އިންވެސްޓަރުންނަށް އަގުތަކުން ބޮޑެތި ލުއިތަކެއް ދިނުމަށްފަހުކަމަށް ރައީސް ވަނީ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ފަޅުތެރޭ ތަރައްޤީކުރާ މި ރިސޯޓާއެކު، ދަތުރުފަތުރުގެ ފަސޭހަ އިންތިޒާމެއްވެސް ކާށިދުއަށް ހަމަޖައްސައިދިނުމަށް ސަރުކާރުން ނިންމަވާފަވާކަމަށެވެ.

HajjCop_ads
MMA_Ads
Advertisement

ރައީސް ވިދާޅުވީ ރިސޯޓް މަޝްރޫޢުގެ އިތުރުން، ކައުންސިލުން ހިންގާ ރަށު ފަތުރުވެރިކަމުގެ މަސައްކަތްތަކަށްވެސް ސަރުކާރުން އެހީތެރިވެދޭނަކަމަށެވެ.

“މި ރަށަށް ސީ ޕްލޭންގެ ޝެޑިއުލް ދަތުރުތައް ފެށުމަކީ ސަރުކާރުގެ ޢަމާޒެއް. ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ދޭން ބަލާއިރު، ސީ ޕްލޭން އޮޕަރޭޓަރުންނަށް ފީސިބަލް ވަނީ ފަތުވެރިކަން އޮވެގެން. ރިސޯޓް ހަދާނެބަޔަކުވެ، އެ މަސައްކަތް ފެށުމާއެކު ސީޕްލޭން ޝެޑިއުލް ދަތުރު ފަށާނަން. އެކަން ކާމިޔާބުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް.” ރައީސް

ރައީސް ވިދާޅުވީ މިއީ އެކި ދާއިރާތަކުން ވިޔަފާރިތައް ފެށި، ރަށާއި ރައްޔިތުންގެ އާއްމު އިޤްތިޞާދީ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއްކަމުގައެވެ. އެގޮތުން ވަޒީފާތައް އުފެދުމާއި އާމްދަނީ ހޯދޭނެ ފުރުޞަތުތަކާއެކު، ރަށުން ބޭރުގައި އުޅޭ ރަށު ރައްޔިތުން ރަށަށް ދިރިއުޅުން ބަދަލުކުރުމުގެ ޝަޢުގުވެރިކަންވެސް އުފެދޭނެކަމަށެވެ.

މީގެއިތުރުން، ސަރުކާރުގެ ސިޔާސަތާއެކު އާރްޓީއެލްގެ ފެރީގެ ޚިދުމަތްވެސް ކާށިދުއަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މި ދަތުރުގައި ފަށާފައިވާ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތަކާއެކު، އެކްސްރޭއާއި ސްކޭންގެ ޚިދުމަތާއި ކްލިނިކަލް ޖާގަ އަދި ބެޑް ކެޕޭސިޓީވެސް އިތުރުކުރެވޭނެކަމަށެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތުގައި ވަރަށް އަވަހަށް އެރަށުގައި ފިޒިއޯ ތެރަޕީގެ ޚިދުމަތް ފަށާނެކަމަށެވެ.

ރައީސް ވިދާޅުވީ ރަށަށް އެކަށީގެންވާ ޒަމާނީ ބަނދަރެއްގެ މުހިންމުކަން ވަރަށް ބޮޑުކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދޭ މަޝްރޫޢުގެތެރޭގައި ބަނދަރުގެ މަސައްކަތް ހިމަނާ، އެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމަށެވެ.

ކާށުދޫގައި ދަނޑުވެރިކަން ކުރިއެރުވުމަށް 1 ހެކްޓަރުގެ ބިން ހަމަޖައްސާ، މި ފެށި މަސައްކަތުގެ ސަބަބުން ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށްވެސް ފަހި ފުރުޞަތުތަކެއް ފަހިވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދިވެހި އުފެއްދުންތައް އިތުރުކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ޢަމާޒެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ، ކާށިދޫގެ ރައްޔިތުން ބޭނުންވާ ތަރައްޤީގެ ކުލަ ޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. 2000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކާށިދުއަކީ، އަތޮޅުގައި އެހެން ރަށްތަކާ ވަކިން ދުރުގައި އޮންނަ ރަށެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MMA_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް

Raees Muizzu

ސަރުކާރު ވެގެންދާނީ އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރަށް: ރައީސް