ކުއްލި ޚަބަރު

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

ވާދޫ ފަރަށް ކޮޅުވެއްޓިއެއް އަރައި ގެއްލުންތަކެއް ވެއްޖެ

ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އަމިއްލައަށް ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ބަންކަރިން ހިދުމަތުން 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިއްޖެ

މި ސަރުކާރުން ތައާރަފުކުރި ބަންކަރިން ހިދުމަތުން މިހާތަނަށް 192 މިލިއަން ރުފިޔާގެ އާމްދަނީއެއް އެސްޓީއޯއަށް ލިބިފައިވާކަމަށް އިގުތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ށ.ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ކުރެއްވި ސުވާލަކަށް މަޖިލީހުގެ ތަޅުމުގައި ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހިދުމަތުން އެސްޓީއޯއަށް ލިބުނު އާމްދަނީގެ އެންމެ ފަހުގެ ތަފުސީލުތައް އެނގޭނީ އެ ކުންފުންޏަށެވެ.

ނަމަވެސް ފާއިތުވި 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައި ފެށި ބަންކަރިން ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީއާއި އެ އާމްދަނީން ދައުލަތަށް ދައްކާފައިވާ ޓެކުހުގެ ބައެއް ތަފުސީލުތައް މިނިސްޓަރުވަނީ މިއަދު މަޖިލީހުގައި ހާމަކުރައްވާފައެވެ.

އެގޮތުން އޮކްޓޯބަރު 27، 2025 ވަނަ ދުވަހުގެ ނިޔަލަށް ބަންކަރިން ހިދުމަތުން އެސްޓީއޯއަަށް 192،149،939 (ސަަތޭކަ ނުވަދިހަ ދެ މިލިއަން އެއްލައްކަ ސާޅީސްނުވަހާސް ނުވަސަތޭކަ ތިރީސް ނުވަ) ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

އިތުރަށް ސައީދު ވިދާޅުވި ގޮތުގައި 17،360،589.10 ރުފިޔާ ޓެކުސްގެ ގޮތުގައި އެސްޓީއޯއިން ސަރުކާރަށްވަަނީ ދައްކާފައެވެ.

މި އާމްދަނީގެ 83 އިންސައްތަައިގެ އާމްދަނީ ލޯސަލްފާ ފިއުލް ވިއްކައިގެންނެވެ. އެއީ ކުރިން ރާއްޖެއަށް ގެނެސް ބަންކަރިން ކުރުމުގައި ބޭނުންކުރި އެއްޗެއް ނޫންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި އިންވެސްޓުމެންޓު ގާނޫނުގެ ދަށުން ބަންކަރިން ހިދުމަތަކީ ދިވެހި ވިޔަފާރިތަކަށް އެކަނި ކުރެވޭނެ ވިޔަފާރިއެއް ކަމުގައި މިހާރު ކަނޑައަޅާފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވެފައިވަނީ ރާއްޖޭގެ ވަށައިގެން ހުރި ގައުމުތަކުގެ ތެރެއިން ބަންކަރިން ހިދުމަތް ފޯރުކޮށްދޭ ގައުމުތަކުގައި އެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ އުސޫލުތަކާއި ރޭޓުތައް ދިރާސާކޮށް އެގޮތަށް ރާއްޖޭގެ ކަންކަން އިންތިޒާމުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

އެސްޓީއޯ ފާރމަސީތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި

ކުރިއަށް އޮތް ރަމަޟާން މަހުވެސް ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފަހައްޓާނެ: ސައީދު

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

TTH_advertisement