ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގައި ހުންނަ ތެރަޕީ ސެންޓަރަށް ރައީސް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނައިފަރަށް ވަޑައިގެން އެ ރަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންއަންނަ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކު ވަގުތުކޮޅެެއް ހޭދަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އެ ކްލިނިކުގައި ދެމުންގެންދާ ފަރުވާގެ ތަފްސީލް މަޢުލޫމާތު ހޯއްދެވިއެވެ. އަދި އަމިއްލަ ފަރާތަކުން މިހާ މުހިންމު މަސައްކަތެއް ކުރައްވަމުންގެންދަވާތީ އެކަން ފާހަގަކުރައްވައި އެ ތަނުގެ އިސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވިއެވެ. މި ކްލިނިކުގައި ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ގެ ޚިދުމަތް ދެމުންގެންދެއެވެ.

ބްލިސް ކެއަރ ފައުންޑޭޝަންގެ ދަށުން ހިންގާ، މި ކްލިނިކް ހުޅުވީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. މި ކްލިނިކްގައި 100 އަށް ވުރެ ގިނަ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ރަޖިސްޓްރީކޮށްފައިވާއިރު، ޖުމްލަ 16 ތެރަޕިސްޓުން ފަރުވާދިނުމުގައި ހަރަކާތްތެރިވެއެވެ. ނައިފަރުގައި ހުންނަ މި ކްލިނިކުން ޅ. އަތޮޅުގެ އިތުރުން ނ. އަތޮޅުން ވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން ފަރުވާ ހޯދަން އަންނަ ކަމަށް ބްލިސް ކެއަރ ފައުންޑޭޝަނުން މައުލޫމާތުދެއެވެ.

ކްލިނިކް ހިންގާ ފައުންޑޭޝަނުން ވިދާޅުވީ، އެތަނުގައި ފަރުވާ ހޯދާ ހުރިހާ ކުދިންނަކީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓްރީވެ، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބޭ އެލަވަންސް ލިބޭ ކުދިންކަމަށެވެ. އެހެން ކަމުން ސަރުކާރުން އެކުދިންނަށް ދޭ އެހީތެރިކަން ކްލިނިކުން ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް

ފޯޅަވަހި “ޑީލު” ދިވެހި ސަރުކާރުން ބަލައިނުގަނޭ