ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބައިމިލިއަނާ ގާތްކުރާ އަދަދެއްގެ އާންމުން ޣައްޒާގެ އުތުރަށް، ބޯފެނެއް، ކާނޭއެއްޗެއްނެތް، ވަށައިގެން ބޮން

ޣައްޒާގެ އުތުރަށް އާންމުން އެނބުރި އަންނަނީ:

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް މިމަހުގެ 10 ވަނަ ދުވަހު އަމަލުކުރަން ފެށިފަހުން ޣައްޒާގެ އުތުރަށް މިހާތަނަށް ބައި މިލިއަނާ ގާތްކުރާ އަދަދަކަށް އާންމުން އައިސްފައިވާ ކަމަށް އދއިން ބުނެފިއެވެ.

އދގެ އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒްއިން ބުނެފައިވަނީ، އާންމުން އެނބުރި ޣައްޒާގެ އުތުރަށް އައި  ނަމަވެސް، އެމީހުންނަށް ހުރި ގޮންޖެހުންތައް ވަރަށް ގިނަވެފައި ބޮޑު ކަމަށެވެ.

ޣައްޒާގެ އުތުރުގައި ހުރި އެމީހުންގެ ގެދޮރުތައް ވަނީ ސުންނާފަތި ކޮށްލާފައި ކަމަށާއި، ބޯނޭ ފެނެއް، ކާނޭ އެއްޗެއް އަދި ޝަރޫރީ އެހެންވެސް ޚިދުމަތެއް ޣައްޒާގެ އުތުގައި ނެތް ކަމަށް އދގެ އޮފީހުން ބުނެފައި ވެއެވެ.

ޣައްޒާގެ އުތުރަށް އަންނަމުންދާ އާންމުން ބޯހިޔާވަހިކަން ހޯދަމުން ގެންދަނީ، އެމީހުންގެ ގެދޮރު ހުރި ތަންތަނުގައި ޓެންޓު ޖަހައިގެން ކަމަށާއި، ވަށައިގެން ހުރީ ނުގޮވާ ހުރި ބޮންތައް ކަމަށްވެސް އދއިން ބުނެފައި ވެއެވެ.

އިސްތިއުމާރީ އިސްރާއީލުން ދެ އަހަރު ވަންދެން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ބޮންއަޅައި އަދި މިސައިލާއި ބޮޑުބަޑީގެ ހަމަލާތައްދީ ގެތަކާއި އިމާރާތްތައް ސުންނާފަތިކޮށް، ޚާއްސަކޮށް ޣައްޒާގެ އުތުރު ވަނީ ބިމާހަމަކޮށްލާފައެވެ.

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން އިސްރާއީލުން އެއްބަސްވެފައި ވީނަމަވެސް، އެހީ އެތެރެކުރުން ކޮންމެވެސް ވަރަކަށް ފެށުމަށްފަހު އެކަން ހުއްޓުވައި، މިހާރުވަނީ އެހީ އެތެރެކުރާ ހުރިހާ ދޮރާށިތައްވެސް ބަންދުކޮށްފައެވެ.

މިކަމާހެދި، ބޯފެނާއި، ކަބޯތަކެއްޗާއި، ބޭހާއި، ކައްކާ ގޭހާއި، ޓެންޓުފަދަ ތަކެތި ނުލިބި އާންމުން އުޅެނީ ވަރަށް ނިކަމެތި ހިތްދަތި ހާލަތުގައެވެ.

އިސްރާއީލުން ހަމަލާދީ ޣައްޒާއިން ޝަހީދުކޮށްލި އާންމުންގެ ރަސްމީ އަދަދު ހަތްދިހަހާހާ ގާތްކޮށްފައި ވާއިރު، އދއާއި، މިނިވަން ކޮމިޝަންތަކުން ހިންގި ތަހްގީގު ތަކަށްފަހު ބުނެފައިވަނީ، އިސްރާއީލުން ޣައްޒާގައި ހިންގާފައިވަނީ ނަސްލުނައްތާލުމުގެ ޖަރީމާތަކެއް ކަމަށެވެ.

އެ ތަހްގީގުތަކުގެ ނަތީޖާ ގަބޫލުނުކުރަނީ އިސްރާއީލާއި އަދި އިސްރާއީލަށް އެކަމުގައި ވާގިވެރިވި ހުޅަނގުގެ ބައެއް ގައުމުތަކުން އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ