ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގާނޫނާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދޭން މަޖިލިސް މެންބަރުން އެދޭ، އެކަމެއް ނުވާނެ: އަމީން

Dd

ގާނޫނާ ޚިލާފަށް ވެހިކަލް ރެޖިސްޓްރީ ކޮށްދޭން މަޖިލިސް މެންބަރުން އެދޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީން ވިދާޅުވީ މަޖިސް މެންބަރުން އެދުނަސް ގާނޫނާ ހިލާފަށް އެއްވެސް ވެހިކަލްއެއް މިހާރު ރަޖިސްޓްރީ ނުކޮށްދޭ ކަމަށެވެ.

“ގާނޫނީ ޒިންމާ އަޅުގަނޑުމެން ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ރަނގަޅަށް އުފުލާފައި އޮންނާނީ، ފެނިވަޑައިގަންނަވާނެ މިހާރު ގާނޫނާ އެއްގޮތަށް ނޫނިއްޔާމުން ވެހިކަލް ރެޖިސްޓްރީއެއް ނުކުރެވޭނެ. ތީގެ ތެރެއިން ވެސް ހަމަ ވަރަށް ގިނަ ބޭފުޅުން އަޅުގަނޑު ކައިރީގައި ރިކުއެސްޓް ކުރީމާ އަޅުގަނޑު ހަމަ އަރުވާ ޖަވާބަކީ ނުވާނެޔޭ،” އަމީން

މިނިސްޓަރު އަމީން ވިދާޅުވީ މާލެ ސަރަހައްދުގައި ވެހިކަލްތައް އިތުރުވާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ރެޖިސްޓްރީ ކުރާނެ ގަރާޖެއް ނެތި ހަތަރު ފުރޮޅުލީ ވެހިކަލް އެތެރެ ނުކުރެވޭނެ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައިވާ ކަމަށެވެ.

އެ ގަވާއިދަށް ގެނައި އިސްލާހުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ދުއްވާ ވެހިކަލްތައް ކުންފުނިތަކުގެ ނަމުގައި ރެޖިސްޓްރީ ނުކުރެވޭ ގޮތަށް އިސްލާހު ކުރުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދެ ފުރޮޅުލީ އުޅަނދު އެތެރެކުރުމާއި ރެޖިސްޓްރީ ކުރުމާ ގުޅޭ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

minister ameen

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި