ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބީއެމްއެލްގެ ލައްކައަކަށްވުރެ ގިނަ ޑޮލަރު ފޭރިގަތުމަށްފަހު ލޯންޗެއްގައި ފުރައިގެން ވަނީ ގޮސްފައި!

900

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު ފޭރިގަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ ބްރިފްކޭހުގައި 100،000 ޑޮލަރަށް ވުރެ ގިނައިން ފައިސާ ހުރިކަން ކަށަވަރުވެއްޖެ އެވެ.

އެ ފައިސާ ފޭރިގަތީ މިއަދު ފަތިހު 4:45 އެހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓް ތެރެއިން ވަޅިން ބިރުދައްކައިގެންނެވެ.

ފައިސާ ބްރިފްކޭސް ފޭރިގެންފައި ވަނީ، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭގެ ތެރެއިންނެވެ. ފުލުހުން ބުނީ އެ ފައިސާތައް ގެންދިޔައިރު، ފުލުހުންގެ ސެކިޔުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށެވެ.

އެނގިފައިވާގޮތުގައި ފައިސާ ފޭރިގަތުމަށްފަހު އެ ފައިސާތަކާ އެކު އެކަން ކުރި މީހުން ވަނީ ލޯންޗެއްގައި ހުޅުލެއިން ފުރައިގެން ގޮސް ފިލާފައެވެ.

އެ ބްރިފްކޭހުގައި ހުރީ ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް ދޫކުރަން ބީއެމްއެލްއިން ގެންދިޔަ ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފުލުހުންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ބީއެމްއެލްގެ އެންމެ ހިދުމަތްތެރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން