ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިފަރުގައި ފުޓުބޯޅަ ދަނޑެއް ތަރައްގީކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

Mal

ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، އަހުމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން ސަބްބޭސް މަރާމާތު ކުރުމާއ،ި ޓާފް އަލުން އެޅުމާއ،ި ވަށައިފާރު ރޭނުމާއ،ި ފެންސް ރެނޮވޭޓްކުރުމާއ،ި އިތުރު ދެ ބައްތި ހޮޅިދަނޑި ހަރުކުރާނެއެވެ. އަދި މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއ،ި 16,100 އަކަފޫޓުގެ ސަރަހައްދެއްގައި ތިން ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެއެއެވެ.

މިއ،ީ 24.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

7000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނައިފަރުގައި ފުޓުބޯޅަ ދަނޑެއް އެޅުމަކީ އެރަށު ޒުވާނުންގެ ޒަމާންވީ އުންމީދެކެވެ. އެ އުންމީދު ހަގީގަތަކަށް ހައްދަވައިދެއްވާނީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.

މިކަމުގެ ސަބަބުން އެ ރަށު ޒުވާނުން ފުބޯޅައިން ކުރިއެރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 26 at 13.32.37

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

Q

ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނު މަގު ފުޅާކޮށް 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރާނީ