ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޖޭއެސްސީގެ ރައީސްގެ މަގާމުން ރިޒާ އިސްތިއުފާ ދެއްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމުން ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާދަމް އިސްތިއުފާ ދެއްވައިފި އެވެ.

“މުޅިރާއްޖެ” އެނގިފައިވާ ގޮތުގައި ޖޭއެސްސީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވަން ނިންމައި، ރިޒާ މިހާރު ވަނީ ސިޓީ ހުށަހަޅައިފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ޖޭއެސްސީއަށް ރިޒާއަށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައިނުވެއެވެ.

ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އައްޔަންކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ރައީސްގެ މަގާމަށް ރިޒާ އައްޔަންކުރައްވާފައިވަނީ 2024 ޖޫން 12 ވަނަ ދުވަހުގައެވެ. ޖޭއެސްސީގެ މެންބަރުކަމަށް ރިޒާ އިންތިހާބުކޮށްފައިވަނީ 2024 ޖޫން ހަތަރުވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

jsc

ޖޭއެސްސީ އެކުލެވިގެންވާ ގޮތާއި މަޖިލިސް މެންބަރުންގެ އަދަދަށް ބަދަލުގެންނަނީ

ހައިކޯޓުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރަކަށް ޝަފީއު އައްޔަނުކުރައްވައިފި

uthama fadiyaaru

މިދިޔަ އަހަރު 20،000 މައްސަލަ ހުކުމް ކުރި، 20،898 މައްސަލަ ރަޖިސްޓްރީކުރި

ޝަރުޢީދާއިރާއަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންގެ އަގުވަޒަން ކޮށްފި