ކުއްލި ޚަބަރު

އެމްޕީއެލްގެ އެތެރޭގެ ތަހުގީގު: ކޮޅުވެއްޓީގެ ކެޕްޓަންގެ އަތުގައި ލައިސަންސެއް ނެތް

ސްޓެލްކޯގެ ވިއުގަ އަޕްގްރޭޑް ކުރާތީ މިއަދުވެސް މާލެއިން ކަރަންޓް ދާނެ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

ފޭދޫ ރައްޔިތުން ވަކިވާކަށް ބޭނުމެއް ނުވި، ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވީ ވަކިވާން

Mal

އައްޑޫގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައި، އައްޑޫ ސިޓީ ކައުންސިލާ އެކު ދެމިއޮންނަން ފޭދޫން ވޯޓު ދީފައިވާއިރު، މީދު އާއި ހުޅުދުއަށް ވަކި ކައުންސިލެއް ބޭނުންވާ ކަމަށް އެ ދެ ރަށުގެ ރައްޔިތުން ނިންމައިފިއެވެ.

ހުޅުދޫން ވޯޓުލީ މީހުންގެ 67 ޕަސެންޓް ނިންމީ ވަކިން ރަށު ކައުންސިލެއް އުފައްދަން ފެންނަ ކަމަށެވެ. އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން 83 ޕަަސެންޓް މީހުން ވޯޓުދިނެވެ.

ފޭދޫގައި ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 73 ޕަސެންޓް މީހުން ވޯޓު ދިނެވެ.

މި އިންތިހާބުގައި ފޭދޫގެ 4،368 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 2،421 މީހުންނެވެ. މީދޫން 2،341 މީހަކަށް ވޯޓުލުމުގެ ހައްގު އޮތް އިރު ވޯޓުލީ 1،002 މީހުންނެވެ. ހުޅުދޫން 2،867 މީހަކަށް ވޯޓުލެވޭ އިރު ވޯޓުލީ 1،070 މީހުންނެވެ.

މިއީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ބޭއްވި ފުރަތަމަ އިންތިހާބެވެ.

މި އިންތިހާބުގައި ސަރުކާރުގެ އެއްވެސް ސްޓޭންޑެއް ނެތް ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުން އިހްތިރާމް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police vcle

ހުޅުމީދޫގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

TTH_advertisement