ކުއްލި ޚަބަރު

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެ ސަރަހައްދުން 15،000 އަށްވުރެ ގިނަ މަސް ދަޅު ކޭސް ބަހައިފި

އޭއީއެޗްގެ ކެތު ލެބުން ހިދުމަތް ދޭން ފަށައިފި، ދެ ދުވަސްތެރޭ 7 މީހަކަށް ފަރުވާދިން

ޙައްޖުގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަނުން އިންވެސްޓް ކުރަންޖެހޭ: ޝަހީމް

dr. Shaheem

ޙައްޖުގެ ޚިދުމަތުގެ އަގުހެޔޮކުރުމަށްޓަކައި ދުރާލާ ރޭވުންތެރިކަމާއެކު ޙައްޖު ކޯޕަރަޝުން އިންވެސްޓްމެޓުތަކެއް ޤާއިމްކުރަން ޖެހޭކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ދެއްވި ތަފްސީލީ ޖަވާބުގައެވެ.

ވަޒީރު ވިދާޅުވީ، ހައްޖަށް ދިއުމަށް ރައްޔިތުން ޑިޕޮސިޓްކުރާ ފައިސާ އިސްލާމީ ޝަރީޢާ ހުއްދަކުރާ މަގުން އިންވެސްޓްކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ދެކޭކަމަށާއި ހައްޖުގެ ޚިދުމަތުގެ އަގު ހެޔޮކުރުމަށްޓަކައި ދުރާލާ ރޭވުންތެރިކަމާއެކު ހައްޖު ކޯޕަރޭޝަނުން އިންވެސްޓްމަންޓްތަކެއް ޤާއިމު ކުރަންޖެހޭކަމަށާއި ޙައްޖަކީ މަތިވެރި އަޅުކަމެއް ކަމަށްވުމާއެކު ހައްޖު ކޯޕަރޭޝަނުން ޤާއިމު ކުރާ އިންވެސްޓްމަންޓްތަކީ އެއްވެސް ޝުބުހައެއް ނެތް ގޮތަށް ޤާއިމުކުރެވޭ އިންވެސްޓްމަންޓްތަކަކަށް ވާންޖެހޭނެކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހައްޖު ކޯޕަރޭޝަނުން ވަކި ރަށެއްގައި ނަގައިގެން އަމިއްލައަށް ނުވަތަ ރާއްޖޭގެ، ނުވަތަ ބޭރުގެ އެފަދަ އެހެން މުއައްސަސާއަކާ ގުޅިގެން ހަލާލު ޓޫރިޒަމަށް އިންވެސްޓްކުރުމަކީ ހައްޖުގެ އަގު ކުޑަކުރަން ރަނގަޅު ފައިދާއެއް ލިބޭނެ މަގަކަށް ވެދާނެކަމަށާއި ހަލާލު ޓޫރިޒަމަކީ އިސްލާމީ ސަޤާފަތާ އެއްގޮތް މާހައުލެއްގައި ޤާއިމު ކުރެވޭނެ ކަމެއްކަމަށާއި ޙަލާލު ޓޫރިޒަމަކީ ވަކި އުޞޫލެއްގެ ދަށުން ކުރެވޭ ކަމަކަށްވުމާއެކު ޝަރުޢީ ހަމަތަކުގެ މައްޗަށް ކުރެވޭ ކަންކަން އެނޫން ގޮތަކުން ނުކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙައްޖު ކޯޕަރޭޝަނުން މިފަދަ ކަންކަމަށް އިންވެސްޓްކުރުމުގައި މިކަންކަމަށް ރިޢާޔަތްކުރަންޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ ހައްޖު ފަންޑު ތަރައްޤީ ކުރުމުގައި ސަރުކާރުގެ ތަޞައްވުރެއް އެބައޮތްކަމަށާއި އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ޙައްޖު ކޯޕަރޭޝަނުން  ދަނީ ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމުގައި އާ އުސްމިންތަކަށް ދަތުރުކުރަމުންކަމަށާއި މައްކާ ރޫޓް ފަދަ ލުއިފަސޭހަ ޚިދުމަތްތައް ރައްޔިތުންނަށް ހޯދައި ދެމުންދާކަމަށެވެ.

މީގެ އިތުރުން ޒަމާނާ ގުޅޭ ގޮތަށް، ހައްޖު މުއައްސަސާ ތަރައްޤީ ކުރުމަށްޓަކައި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އިންވެސްޓްމަންޓްތަކެއް އަންނަންޖެގޭކަމަށާއި މިކަންކުރުމަށް އިސްތިރާތީޖީ އެކްޝަން ޕްލޭނެއް އެކުލަވާލާ ޙައްޖު ކޯޕަރޭޝަން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން ދައުލަތުގެ އެހީތެރިކަން ދޭންޖެހޭކަމަށް ޤަބޫލް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ ސަރުކާރުން ޙައްޖު ކޯޕަރޭޝަންގެ ބޯޑުން އިސްލާމިކް މިނިސްޓްރީގެ މަންދޫބު އިންނަ ގޮތައް އެމުއައްސަސާގެ އަސާސީ ޤަވާޢިދުގައި އޮތް އޮތުން މިނިސްޓްރީއަށްވެސް އެނގުމަކާއި ނުލާ ބަދަލުކޮށްފައިވާކަން ފާހަގަކޮށް މިކަން ކުއްވެރިކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިއީ ހައްޖުގެ އިދާރީ ނިޒާމް ފުރިހަމަ ގޮތުގައި ގެންދަން އެޅިގެން ދިޔަ ވަރަށް ބޮޑު ހުރަކަށްވެފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްްވާފައެވެ. އަދި ހައްޖު ކޯޕަރޭޝަން ރަނގަޅު ގޮތުގައި ކުރިިއަށް ގެންދިއުމަށްޓަކައި ވުޒާރާއަށްށް ފުރިހަމަ ބާރާއި ބެލެނިވެރިކަން އޮންނަ ގޮތަށް ޤާނޫނެއްގެ ދަށުން ހައްޖު ކޯޕަރޭޝަން މިނިސްޓްރީގެ ދަށަށް ގެންނަންޖެހޭ ކަމަށް ދެކިލައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ވަޒީރު ވަނީ ވަރަށް ތަފްސީލީ ޖަވާބުތަކެއް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ

hajj umra

ޢުމްެރާގެ އަޅުކަމަށް ގޮސް އުޅުނު ދިވެއްސަކު ބަލިވެގެން ރާއްޖެ ގެންނަން ނިންމައިފި

ސަޢުދީ ސަރުކާރުން އިތުރު 25,500 މުސްހަފް ހަދިޔާކޮށްފި

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement