ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

އެމް.އެސް.އެމް.އީ އެވޯޑްސް ނޮމިނޭޝަންތައް އިއުލާންކޮށްފި

ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިގުތިދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)އިން ދިނުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެމް.އެސް.އެމް.އީ އެވޯޑްސް 2025 ގައި އާންމުންގެ މަގުބޫލުކަމާއެކު ހޮވާ އެވޯޑުތަކުގެ ނޮމިނޭޝަންތައް އިއުލާން ކޮށްފިއެވެ.

މި އެވޯޑަކީ ވިޔަފާރީގެ ރޮނގުން ހާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށް ޓަކައި، އަހަރަކު އެއް ފަހަރު ބީސީސީން ދިނުމަށް ހަމަޖެހިފައިވާ ހާއްސަ އެވޯޑެކެވެ.

ތަފާތު 11 ގިންތިއަކަށް ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވާ އެ ބައިގައި 7 ދާއިރާއަކުން ވާދަކުރާ ވިޔަފާރިތައް ކަނޑައަޅާފައިވާ ކަމަށް ބީސީސީން ވިދާޅުވިއެވެ.

އެގޮތުން އާޏްމުން އެސް.އެމް.އެސް މެދުވެރިކޮށް ވޯޓުލުމަށް ހުޅުވާލާފައިވާ ދާއިރާތަކަކީ:

1- ކާބޯތަކެތި އުފެއްދުމުގެ ދާއިރާ ހ- މައި ކޭކްސް އެންޑް ސްވީޓްސް ށ- ޕަލާޓޯ ނ- ފުޑީސް ރ- ބާބާ ގާޑިޔާ ބ- މެރާކީ

2- ލައިފް ސްޓައިލް ބްރޭންޑް ހ- ޓްރޮޕިކަލް ޑިޒައިންސް ށ- ޝޮޕް އެޓް މަރީ ނ- އައިލެންޑް ޓަޗް މޯލްޑިވްސް ރ- ޓޮޑީ ބ- ބަސްކް

3- އަންނައުނު ފަރުމާ ކުރުމާއި ފެޝަންގެ ދާއިރާ ހ- ފާތިމާ ށ- ލައިބާ ނ- ލިންކޯ ރ- މުނިކާ ބ- ފަލަކް

4- މުނިފޫހިފިލުވުމުގެ ދާއިރާ ހ- ޑިޓިއުން ބޭންޑް ށ- ސާދަތިރީސްއަށެއް

5- ކުރެހުމާއި އަތްތެރި މަސައްކަތުގެ ދާއިރާ ހ- އޮއެވާލި އާޓް ޝޮޕް ށ- ބައިބީޒް ނ- މެކްރަމާ ރ- ލެވެލިއަރ ބ- އަބުޑީ މޯލްޑިވްސް

6- ފޮޓޯގްރެފީގެ ދާއިރާ ހ- އައިކެންޑީ ށ- ލައިޓްސް އައުޓް ނ- ސާރިމް ފޮޓޯސް

7- އެންމެ މަޤުބޫލު މާކެޓިންގ ފަރމް ހ- ލޫޕް ކްރާފްޓް ށ- ޕަބްލިސިޓީ ބިޔުރޯ ނ- އޯޕަން ސްކައި ގްރޫޕް

އާންމުންގެ ވޯޓަށް ހުޅުވާލާފައިވާ ދާއިރާތަކަށް ވޯޓުދިނުމަށް އެސް.އެމްއެސް ކުރުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރ 2025 ވާ ހޯމަ ދުވަހުގެ ރޭ 12:00 އެވެ. އެ ބައިތަކުގެ އިތުރުން ފަނޑިޔާރުން ހޮއްވަވާ 13 ގިންތިއަކުން ވެސް ވިޔަފާރިތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައިވާކަން ބީސީސީން ފާހަގަކުރެއްވިއެވެ.

އެ ދާއިރާތަކުން އިނާމަށް ހުށަހެޅުއްވި ފަރާތްތަކުގެ އިވެލުއޭޝަން މަރުހަލާ މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި އެ އެވޯޑާއެކު ކުދި ވިޔަފާރިތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރެވި، އައު ބާޒާރުތަކަށް މަގުފަހިވުމުގައި އިތުރު ބާރަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ.

ދިވެހި މަސައްކަތްތެރިންނާއި ވިޔަފާރިތަކުގެ އުފެއްދުންތެރިކަމާއި، ހުނަރު، އަދި ކުރިއެރުން ފާހަގަކުރުމަށް ޓަކައި ދެވޭ އެވޯޑުތަކަށް އެންމެކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ރަނގަޅު ތަރުޙީބެއް ލިބިފައިވާ ކަަމަށް ބީސީސީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމް.ޕީ.އެލް އިން ފުވައްމުލަކު ވިޔަފާރިވެރިންނަށް އަމާޒުކޮށް ޙައްސަ ބިޒްނަސް ފޯރަމެއް ބާއްވައިފި

އެމްއެސްއެމްއީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

66

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 އަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޒުވާނުންގެ ދުވަހާ ގުޅުވައިގެން ޒުވާން ވިޔަފާރިވެރިންނަށް “ވުނާރި ބިޒްނަސް ކޭމްޕް” ބާއްވައިފި

TTH_advertisement