ކުއްލި ޚަބަރު

ހިޔާ ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ދުންފަތް މަނާ

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ހާއްސަ އާރުއެސްޑަބްލިޔު ސިސްޓަމެއް ތައާރަފުކޮށްފި

ލޮލުގެ ފަރުވާއަށް ޙާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ލޮލުގެ ފަރުވާއަށް ޙާއްސަ ވިޓްރިއޯރެޓިނަލް ސަރޖަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ ކޮންސަލްޓަންޓް ސަބްސްޕެޝަލިސްޓް އިން ވިޓްރިއޯރެޓިނަލް ސަރޖަރީ، ޑޮކްޓަރ މުހައްމަދު އައްޒާމްގެ ތަޖުރިބާގެ ދަށުންނެވެ.

ވިޓްރިއޯރެޓިނަލް ސަރޖަރީއަކީ ލޮލުގެ ފަރުވާގެ ތެރެއިން އެންމެ ޚާއްސަ އަދި އެންމެ ނާޒުކު ބަޔެކެވެ. މި ސަރޖަރީގައި އަމާޒުކުރެވެނީ ލޮލުގެ ފަހަތުގައިވާ އަލި އިހުސާސްކުރާ ފަށަލަ ނުވަތަ ރެޓިނާ އާއި، ލޯފުރާފައިވާ ސާފު ޖެލް ނުވަތަ ވިޓްރިއަސް ހިއުމަރ ގައި ދިމާވާ ސީރިއަސް މައްސަލަތައް ހައްލުކުރުމަށެވެ. މީގެ ތެރޭގައި ރެޓިނާ ވަކިވުން (Retinal Detachment) އަދި ޑައިބެޓީސްއާ ގުޅުންހުރި ލޮލުގެ ބަލިތަކަށް ފަރުވާ ދިނުން ފަދަ ކަންކަން ހިމެނެއެވެ.

އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުން މި ޚިދުމަތް ފެށުމާއި ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި މީގެ ސަބަބުން މިހާރު ރާއްޖެއިން ބޭރުން ލިބެން ހުންނަ ފެންވަރުގެ ފަރުވާ ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ. ކުރިން މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭތީ ދިމާވާ ދަތިތަކަށް މިކަމުގެ ސަބަބުން ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. ސީއީއޯ ވަނީ އޮފްތަލްމޮލޮޖީ ޓީމުގެ ހިންގުންތެރި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

“މި ކާމިޔާބީ ހަޤީޤަތަކަށް ހެއްދެވުމުގައި އެހީތެރިވެދެއްވި ޑޮކްޓަރ އައްޒާމަށާއި، އޮފްތަލްމޮލޮޖީ ޓީމަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ.” ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް

މި ކާމިޔާބީ ހާސިލުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ކޮންސަލްޓަންޓް ޑޮކްޓަރ މުހައްމަދު އައްޒާމަކީ، މި ދާއިރާގައި ގިނަގުނަ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާގެ އިރުޝާދުގެ ދަށުން، މިހާރު ލޮލުގެ ފަރުވާދޭ ޓީމަށް ސަބްސްޕެޝަލައިޒްޑް އޮޕަރޭޝަންތައް ކުރުމުގެ ޤާބިލްކަން ލިބިފައިވާކަމަށާއި، މިކަމަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޤާބިލިއްޔަތު އިތުރުކޮށްދޭނެ ކަމެއްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި މި ހިދުމަތް ފެށުމާއެކު ހޮސްޕިޓަލުން ދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މެޔަށް ހޮޅިލައްވައިގެން ހަދާ ޑަޔަލިސިސްގެ ހިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

އައިޖީއެމްއެޗްގައި އޯތޯޕެޑިކްސް އެންޑް ޓްރޯމާ ސާރޖެރީގެ އެޑްވާންސް ޓެކޮނޮލޮޖީ ބޭނުންކުރަން ފަށައިފި

ރެޓީނާ ލޭޒަރ ޓްރީޓްމަންޓްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފި

Mal

ރަސްލާނަށް ހާޓް އެޓޭކް ޖެހުނީ ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ނޫން: އައިޖީއެމްއެޗް

TTH_advertisement