ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދައުލަތުގެ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެވެޖެ

MMA
STO_Ads
TTH_Ads

ދައުލަތުގެ ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެ، ހަރަދު ދަށަށް ގޮސްފައިވާ ކަމަށް ރާއްޖޭގެ އިގުތިސާދުގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އެމްއެމްއޭގެ ދެވަނަ ކުއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ސަރުކާރުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ ވަރަށް ވަނީ ރަނގަޅުވެފައެވެ. ހިލޭ އެހީ ނުހިމަނައި ޖުމުލަ އާމްދަނީ 8.9 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ އިރު، ލޯނު އަނބުރާ ދެއްކުން ނުހިމަނައި ޖުމުލަ ހަރަދު ވަނީ 1.6 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. އެގޮތުން ހަރަދު ދަށްވެފައިވަނީ ކެޕިޓަލް ހަރަދު ކުޑަވުމުގެ ސަބަބުން ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ހަމައެއާކު، މާލީ ދާއިރާ ހަރުދަނާކަމާއެކު ދެމެހެއްޓި، ރަނގަޅު ރައުސުލްމާލެއް ވަނީ ހިފެހެއްޓިފައެވެ. އެގޮތުން ކެޕިޓަލް އެޑިކުއަސީ ރޭޝިއޯ 50 ޕަސަންޓުގައި ހިފެހެއްޓިފައިވާ އިރު، ލޯނު ދޫކޮށްފައިވާ އަދަދު ކުރިއަރާ މިންވަރު ވަނީ އެއްހަމައެއްގައި ހިފެހެއްޓިފައެވެ. އަދި ރާއްޖޭގެ ރަސްމީ ރިޒާވް 832.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާ އިރު، އެ އަދަދު އިތުރުވެފައިވަނީ އިންޑިއާގެ ރިޒާވް ބޭންކުން ހޯދާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

Maldivian_Ads

ރިޕޯޓުގައިވާ ގޮތުން ދުނިޔޭގެ އިގުތިސާދީ ހާލަތު ޔަގީންކަން ކުޑަ ގޮތަކަށް ހުރި ނަމަވެސް، ރާއްޖޭގެ އިގުތިސާދު ކުރިއަރާ މިންވަރު ހަލުވިމިނެއްގައި ދެމެހެއްޓިފައިވާކަން ފާހަގަކުރެވެއެވެ. މިއަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ 4.5 ޕަސަންޓަށް ކަމަށް އެމްއެމްއޭގެ ރިޕޯޓުގައި ބުންޏެވެ.

އެމްއެމްއޭ އިން ބުނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރުމާއި، ފޯރިގަދަ މަސްވެރިކަމުގެ ދާއިރާއާއި، ރަނގަޅުވަމުން އަންނަ ފިސްކަލް ބެލެންސް އަދި މަޑުޖެހެމުން އަންނަ އިންފްލޭޝަނާއެކު، މިއަހަރުގެ ބާކީ އޮތް މުއްދަތުގައިވެސް ރާއްޖޭގެ އިގުތިސާދީ ކުރިމަގު ފެންނަނީ އުޖާލާކޮށް ކަމަށެވެ.

ރިޕޯޓުގައިވާ ގޮތުން، މި ކުއާޓަރުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 475,708 އަށް ވަނީ އަރައިފައެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 16 ޕަސަންޓު އިތުރު އަދަދެކެވެ.

މިދިޔަ ޖޫން މަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް ވަނީ އަރައިފައެވެ. އެއީ އަހަރުގެ މިހާތަނުގައި އެ އަދަދު ހާސިލުކުރެވުނު ފުރަތަމަ ފަހަރެވެ. އެގޮތުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފާވަނީ ޗައިނާއިންނެވެ. ދެވަނައަށް ރަޝިއާ އަދި ތިންވަނައަށް އިނގިރޭސިވިލާތުންނެވެ. އަދި ޖުމުލަކޮށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރެއިން، އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޔޫރަޕުގެ ގައުމުތަކުން ކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދެވަނަ ކުއާޓަރުގައި މަސްވެރިކަމުގެ ދާއިރާ ބަލައިލާ އިރު، ގަނެވުނު މަހުގެ ޖުމުލަ އަދަދު 101 ޕަސަންޓަށް ވަނީ އިތުރުވެފައެވެ. އޭގެ ތެރެއިން ކަޅުބިލަމަހުގެ އަދަދު ޕަސަންޓް ވަނީ 133 ޕަސަންޓަށް އިތުރުވެފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިމާރާތްކުރުމުގެ ދާއިރާ ވަނީ ހަލުވި ދުވެއްޔެއްގައި ކުރިއަރައިފައެވެ. އެކަމަށް އެހީތެރިވެފައިވަނީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ރިސޯޓު ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ. އަދި ރިއަލް އެސްޓޭޓް ދާއިރާވެސް އެއްހަމައެއްގައި ކުރިއަރާފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ފާއިތުވި ކުއާޓަރުގެ 5.3 ޕަސަންޓު އަޅައިބަލާ އިރު، އިންފްލޭޝަން ރޭޓު ވަނީ 4.6 ޕަސަންޓަށް ދަށްވެފައެވެ. އިންފްލޭޝަން ރޭޓް ދަށްވެފައިވަނީ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތައް މަޑުޖެހިފައިވާތީ ކަމަށް ރިޕޯޓުގައި ބުނެއެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

mma

ދައުލަތުގެ ބޭނުންކުރެވޭ ރިޒާވް 400 މިލިޔަން ޑޮލަރަށްވުރެ މައްޗަށް އަރައިފި

WhatsApp Image 2026 04 09 at 09.39.34

ފަވަރަގެ ޚިދުމަތްތަކާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހޮޓްލައިން 1544 ތައާރަފްކޮށްފި