ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ހަވާލުކޮށްފި

ކަންނެލި މަސްވެރިކަން ތަރައްގީ ކުރުމަށް ހުޅުމާލެއިން ކަނޑައަޅާފައިވާ ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެޗްޑީސީ) އިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންއާ ރަސްމީކޮށް ޙަވާލުކޮށްފި އެވެ.

ބިން ހަވާލުކުރުމަށް އެޗްޑިސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޢަލީ ޒުހައިރެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް އެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހުމަދު ޝިޔާމް އެވެ.

މި މަސައްކަތަކީ މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދުފުޅެކެވެ.

މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތެކެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ފަންޑުގެ ދަށުން މި ބިމުގައި ފެސިލިޓި ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާ އިން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޓެލްކޯ ފުލެޓު ސަރަހައްދުގައި ކުޑަކުދިންގެ ޕާކަކާއި އައުޓްޑޯ ޖިމެއް އެޗްޑީސީން ފަށައިފި

88887

ކުޅުދުއްފުށީގައި ހުއްޓިފައިވާ 400 ހައުސިން ޔުނިޓްގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވެއްޖެ

mira

ދައުލަތަށް ނުލިބިހުރި 666 މިލިއަން ރުފިޔާ ދައުލަތަށް ހޯދައިފި

އެޗްޑީސީން ތެލެސީމީއާ ސޮސައިޓީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި