ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަންރުވާއާއި ހަމާސްއާ ގުޅުވޭނެ އެއްވެސް ހެއްކެއް އިސްރާއީލަށް ނުދެއްކުނު: އައިސީޖޭ

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރުވާއާއި ހަމާސްއާ ގުޅުވޭނެ އެއްވެސް ހެއްކެއް ނެތްކަމަށް، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ހުކުމްކޮށްފިއެވެ.

އެ ކޯޓަށް ހުށަހެޅުނު މައްސަލަތަކެއް ބެލުމަށްފަހު އައިސީޖޭއިން ނެރުނު ހުކުމުގައި ބުނެފައިވަނީ، އަންރުވާގައި ހަމާސްގެ މެމްބަރުން އުޅޭކަމަށް އިސްރާއީލުން ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްނެތް ތުހުމަތުތަކެއް ކަމަށެވެ.

އަދި އިސްރާއީލުން ކުރާ ތުހުމަތައް ސާބިތުވާ ފަދަ އެއްވެސް ހެއްކެއްވެސް އިސްރާއީލަށް ކޯޓަށް ހުށަހެޅިފައި ނުވާކަމަށް ހުކުމުގައި ބުނެފައި ވެއެވެ.

ހަމާސްގެ އިތުރުން، ފަލަސްތީނުގެ ހަތިޔާރުއެޅި އެހެން ޖަމާއަތެއްގެ މެމްބަރުންވެސް އަންރުވާފައި ހަރަކާތްތެރިވާ ކަމަށް އިސްރާއީލަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޯޓުން ބުނެފައި ވެއެވެ.

ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ އޭޖެންސީ، އަންރުވާ، ޣައްޒާގެ އިތުރުން، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވުން އިސްތިއުމާރީ އިސްރާއީލުން މަނާކުރީ، 2023 ވަނަ އަހަރުގެ އޮކކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި އިސްރާއީލުގެ ތެރެއަށް ވަދެގަތް މުޖާހިދުންގެ ތެރޭގައި އަންރުވާގެ މުވައްޒަފުންވެސް ހިމެނޭ ކަމަށް ބުނެއެވެ.

މިކަމުގެ ތުހުމަތުތައް އަޅުވައި، ޣައްޒާގައި ހުރި އަންރުވާގެ ހުރިހާ އޮފީސްތަކާއި، އިންސާނީ އެހީ ފޯރުކޮށްދޭ މަރުކަޒުތަކާއި، ސްކޫލްތަކާއި، އެ ޖަމާއަތުން ހިންގާ ހުރިހާ ހޮސްޕިޓަލްތަކާއި އަދި ކްލިނިކްތައްވެސް އިސްރާއީލުން ބަންދުކުރިއެވެ.

އަދި އަންރުވާއަކީ ޣައިރުގާނޫނީ ޖަމާއަތެއް ކަމަށް ކަނޑައަޅައި ގާނޫނެއް ފާސްކޮށް، ހިފާފައިވާ ހުޅަނގު އައްސޭރީގެ ރަށްތަކުންވެސް އަންރުވާ ބޭރުކޮށްލިއެވެ.

އިސްރާއީލުގެ ވާހަކަތަކަށް ހެއްލި، ހުޅަނގުގެ ބައެއް ގައުމުތަކުންވެސް އެ ޖާމައަތަށް ދެމުން އައި އެހީ ހުއްޓާލިއެވެ.

އދގެ އޭޖެންސީ ޣައިރުގާނޫނީކޮށް، އެ ޖަމާއަތް ޣައްޒާގައި ހަރަކާތްތެރިވުން މަނާކޮށްފައި އޮތް އޮތުމަށް އިޝާރާތްކޮށް އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން ބުނެފައިވަނީ، ފަލަސްތީނު ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ އިސްތިއުމާރުކޮށްގެން އޮތް ބާރުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުތަކުން ލާޒިމްކަމެއް ކަމަށާއި، ހަނގުރާމައިގެ ހަތިޔާރެއްގެގޮތުގައި އިންސާނީ އެހީ ހަދައިގެން ނުވާނޭ ކަމަށެވެ.

އައިސީޖޭގެ ނިންމުމާ ދެކޮޅު ހަދައި އިސްތިއުމާރީ އިސްރާއީލުން ބުނެފައިވަނީ، ކޯޓުގެ ނިންމުމަކީ ވަކި ކޮޅަކަށް ޖެހިފައިވާ ނިންމުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި