ކުއްލި ޚަބަރު

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

ލ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އިން އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށްފި

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

Ii

ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓާމިނަލް އިން ގެއްލުނު މައްސަލައިގެ ތަހުގީގުގެ ތެރެއިން އެންމެފަހުން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވަނީ، ކ.ތުލުސްދޫ، ލިންކް / ޙަސަން ޢަބްދުއްރަޙްމާން (52އ) އެވެ.

ޙަސަން ޢަބްދުއްރަޙްމާން ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގެ ތަހުގީގުގައި ފުލުހުން ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކޮށް، މި އޮޕަރޭޝަންގެ ތެރެއިން، ވަގަށް ނަގާފައިވާ 2 ކޮންޓޭނަރުގެ ބައިތައް ހޯދައި އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން މިކަމުގައި ޝާމިލުވާ 4 މީހަކު ފުލުހުން ވަނީ ކުރިން ހައްޔަރުކޮށްފައެވެ.

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައިވަނީ  ކަސްޓަމްސްގެ އިސް މަޤާމެއް ކުރިން  އަދާކުރި މުޢާޒް ޢަލީގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މިމައްސަލާގައި ޝާމިލުވާކަމަށް ތުހުމަތުކުރެވޭ ކަސްޓަމާއި، އެމްޕީއެލްގެ ބައެއް މުވައްޒިފުން ވަނީ ސަސްޕެންޑްކޮށްފައެވެ. މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

އިތުރުމީހަކު ހައްޔަރުކޮށް، ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފި

Mal

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ޒާޔާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި

ސިނގިރޭޓު މައްސަލާގައި ހައްޔަރުކުރި މުޢާޒްގެ ބަންދަށް އިތުރު 10 ދުވަސް

TTH_advertisement