ލ. ގަމުގައި ސަރުކާރުން ތަރައްގީކުރާ ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓަން ސެންޓަރުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ ސެންޓަރުގެ މަސައްކަތް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރު އެވެ. އަދި އަރިހުގައި ލ. ގަމު ދާއިރާގެ މަޖިލިސް މެންބަރު ޔޫސުފް ނަޝީދު، އަދި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ލ. ގަމު ކައުންސިލުގެ ރައީސް އަޙްމަދު ޒަކީ ވެސް ބައިވެރިވެވަޑައިގަތެވެ.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ އެފަދަ ފަރާތްތައް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައުއަށް އަނބުރާ ނެރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު