ކުއްލި ޚަބަރު

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

ގަމު ތުނޑީ އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ލ. ގަމު ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ގަމު، ތުނޑި އަވަށުގައި އަލަށް އާބާދުވާ ސަރަހައްދުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ޢަމަލީ މަސައްކަތް ފެށީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިމަސައްކަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިމަޝްރޫޢުގެ މަސައްކަތްތައް ފަށްޓަވާދެއްވާފައިވަނީ، ލ.ގަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު އަދި އަރިހުގައި ގަމު ދާއިރާގެ މެމްބަރު، ގަމު ކައުންސިލްގެ ޔޫސުފް ނަޝީދާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، މިކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންގެ އިތުރުން، ރަށުގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ލ. ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، ޕަންޕިން ލައިން އާއި ސީ އައުޓް ފޯލް އެޅުމާއި، ޕަންޕް ސްޓޭޝަން އަދި ވޭލް ޗެމްބަރގެ މަސައްކަތްތައް ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ނަރުދަމާގެ މަޝްރޫޢުއަކީ އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 36.53 މިލިޔަން ރުފިޔާއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ލ.ގަން، ތުނޑި އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގެ ރައްޔިތުންނަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

mwsc

ހުޅުމާލޭގައި ޤާއިމުކުރާ 5000 ޓަނުގެ އައު ފެން ޕްލާންޓް އަންނަ މަހު ޚިދުމަތް ދޭން ފެށޭނެ

މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ: އެމަރޖެންސީގައި ދުވާލަކު ކޮޅަކަށް 2000 ޓަނުގެ ފެން

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ.ގަމުން ދެމީހަކު ހައްޔަރުކޮށްފި

Matheen Mwsc

މާލޭގައި 13،000 ޓަނުގެ 2 ތާނގި ބެހެއްޓުމަށްވަނީ ނިންމާފައި: މަތީން

TTH_advertisement