ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރި އުސޫލުން ދޫކުރި ތަންތަނުން މިއަހަރު 223 މިލިޔަން ވަނީ ހޯދިފައި: އެޗްޑީސީ

TTH_Ads
Maldivian_Ads
STO_Ads
Advertisement

ވިޔަފާރި އުސޫލުން ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ނުލިބިވާ ފައިސާގެ ތެރެއިން 223 މިލިޔަން ރުފިޔާ މިއަހަރު ހޯދިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން މިހެންވިދާޅުވީ އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރ އަހުމަދު ސާމިހް ވިދާޅުވީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް އުސޫލުތަކަށް މުހިންމު ބަދަލުތަކެއް ގެންނަމުންދާކަމަށެވެ. އެގޮތުން ކުރެވުނު މުހިންމު މަސައްކަތަކީ އެ ކުންފުނީގެ ކޮމާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ ކްރެޑިޓް ޑޭޓަރ އެމްއެމްއޭގެ ކްރެޑިޓް ބިއުރޯގައި ރަޖިސްޓްރީކޮށް ކޮންމެ މަހަކު އަޕްޑޭޓް ކުރަމުން ދިޔުންކަމަށެވެ. ސާމިހް ވިދާޅުވީ މިކަމުގެ ސަބަބުން ރިކަވަރީ ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަކަމަށެވެ. މިކަން މިގޮތަށް ކުރަން ފަށާފައިވަނީ މި އަހަރުގެ މާރޗުމަހުގެ ތެރޭގައިކަމަށް އޭނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސާމިހް ވިދާޅުވީ ކޮމާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުން އަތުން ލިބެންޖެހޭ 2.7 ބިލިޔަން ރުފިޔާގެ ތެރެއިން މިއަހަރުގެ މިހާތަނަށް 223 މިލިޔަން ރުފިޔާ ހޯދިފައިވާކަމަށެވެ. އަދި މިދިޔަ އަހަރު 220 މިލިޔަން ހޯދިފައިވާކަމަށެވެ. މިއީ ހަމައެކަނި ކޮމާރޝަލް އަދި ރެޒިޑެންޝަލް ކަސްޓަމަރުންގެ އަތުން މިއަހަރު ހޯދުނު ފައިސާކަމަށް ވިދާޅުވިއެވެ. ސާމިހް ވިދާޅުވީ މި ފައިސާތަކުގެ ތެރޭގައި އެސްއޯއީތަކުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން ލިބެންޖެހޭ ފައިސާ ނުހިމެނޭކަމަށެވެ.

“އެމްއެމްއޭގައި ރަޖިސްޓްރީ ކުރަމުންދަނީ ހަމައެކަނި ރެޒިޑެންޝަލް ކަސްޓަމާސް އެކަންޏެއް ނޫން. ހުރިހާ ކޮމާރޝަލް ކަސްޓަމާސްވެސް ހަމަ އިޝޫއެއް ނޫޅޭ ޝޯޓްއައުޓް ނުވާ ހުރިހާ އެއްޗެއްނޫނިއްޔާ މިހާރު ހުންނާނީ ހުރިހާ ކަސްޓަމާސް ބޭސްއެއް ރަޖިސްޓަރ ކުރެވިފައި. ރިކަވަރީއަށް ބަލާއިރު މި އަހަރުގެ މިހާތަނަށް 223 މިލިޔަން ވަނީ ރިކަވަރ ވެފައި. ކޮމާރޝަލް ޕޯޓް ފޯލިޔޯ އަދި ރެޒިޑެންޝަލް ޕޯޓްފޯލިޔޯ ދެބައިއެއްކޮށް” ސާމިހު

ސާމިހް ވިދާޅުވީ މިއަހަރުގެ ބާކީއޮތް ތަނުގައި މަސައްކަތްކޮށްގެން އިތުރަށް 41 އިންސައްތަ ރިކަވަރ ކުރެވޭނެކަމަށާއި މިކަމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަމަށެވެ. ސާމިހު ވިދާޅުވީ މީގެ ކުރިން ކޯޓު މަރުހަލާގެ ތެރެއިން ފައިސާ ހޯދުމަށް އެހާ އިސްކަމެއް ދެވިފައި ނެތްނަމަވެސް މިހާރު އެކަމަށް އިސްކަންދީގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފައިސާ ނުދައްކާ ފަރާތްތަކުގެ އަތުން ކޯޓު މަރުހަލާގެ ތެރެއިން ފައިސާ ހޯދުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އެޗްޑީސީން ވިދާޅުވީ ޤަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން އިންޒާރު ދިނުމާއި ޖޫރިމަނާކޮށް ސިޓީވެސް އެ ފަރާތްތަކަށް ފޮނުވަމުން އަންނަކަމަށް ވިދާޅުވިއެވެ. އެޗްޑީސީން ވިދާޅުވީ ކޮމާރޝަލް ކަސްޓަމަރުންގެ ތެރެއިން 40 އިންސައްތަ މީހުން ޤަވާއިދުން މަހުންމަހަށް ދައްކަންޖެހޭ ކުލި ނުދައްކާކަމަށެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޓީޑީސީގެ ޗެއާމަނަކަށް ޝަހީރު އައްޔަންކޮށްފި

HRjKDQraQAAleI6

ރެއިލިން ހަރުކުރަން އެއްދުވަސްތެރޭ 500އެއްހާ ފްލެޓުން އެދިއްޖެ

ހުޅުމާލޭގައި ނުރައްކާތެރި ހާދިސާތައް އިތުރުވަމުން އަންނާތީ ފުލުހުން އެޗްޑީސީއާއެކު ބައްދަލުވުމެއް

Viluntheri 1536x1024

200 ބައިވެރިން މި އަހަރުގެ ”ވިލުންތެރި ކަނބަލުން“ ޕްރޮގްރާމް ފުރިހަމަކޮށްފި