ކުއްލި ޚަބަރު

މުދާ ކްލިއާ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ރައީސް ނިންމަވައިފި

ހަފްތާ ބަންދުވެސް މޫސުން ގޯސް: މެޓް

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

އެމް.ޕީ.އެލް އިން އެމް.އެސް.އެސްގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށްގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ޕޯޓް ޓްރެއިނިންގ ސެންޓަރުން އިންތިޒާމުކޮށްގެން، މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމް.އެސް.އެސް) ގެ މުވައްޒަފުންނަށް ފަޔަރ އެވެއަރނަސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަންތަކުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ އެމް.ޕީ.އެލްގެ ހެލްތް އެންޑް ސޭފްޓީ ޑިޕާޓްމަންޓުގެ ދެ ޓްރެއިނަރުންނެވެ. މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ބެޗް 20 އޮކްޓޫބަރ 2025 ވަނަ ދުވަހު ބާއްވާފައިވާއިރު، ދެވަނަ ބެޗް ބާއްވަން ހަމަޖެހިފައިވަނީ 26 އޮކްޓޫބަރު 2025 ވަނަ ދުވަހުއެވެ. ފުރަތަމަ ބެޗްގައި އެމް.އެސް.އެސްގެ 25 މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

އެމް.ޕީ.އެލްއިން މައުލޫމާތުދޭ ގޮތުގައި، މިފަދަ ސެޝަނެއް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އެމް.އެސް.އެސްގެ މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކޮށް، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތް އެފަރާތްތަކަށް ދަސްކޮށްދިނުން ކަމަށެވެ. އަދި މި ސެޝަނަކީ އެމް.އެސް.އެސް ގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވެ، އެފަދަ ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި އެމް.ޕީ.އެލް އިން ކުރިއަށްގެންދިޔަ ޚާއްސަ ތަމްރީން ޕްރޮގްރާމެއއްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި ސެޝަންތަކުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި، އަލިފާން ރޯވާން މެދުވެރިވާ ސަބަބުތަކާއި، އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މަޢުލޫމާތު ހިމެނެއެވެ. އަދި، މި ސެޝަންތަކުގައި ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ދައްކައިދީ، އަލިފާން ނިއްވުމުގެ ހުނަރުތައް އުނގަންނައިދިނުމުގެ އިތުރުން، އެ މުވައްޒަފުންނަށް، ޢަމަލީގޮތުން އަލިފާން ނިއްވާނެ ގޮތް ވެސް ދަސްކޮށްދެވުނެވެ. މީގެ އިތުރުން، އަލިފާން ނިއްވުމަށް ބޭނުންކުރާ އިކުއިޕްމަންޓް ބޭނުންކުރާނެ ގޮތާއި، އަލިފާނުގެ ހާލަތްތަކުގައި ސަލާމަތީ ގޮތުން އަމަލުކުރާނެ އުސޫލުތައް ކިޔައިދީ، ޢަމަލީ ތަމްރީންތައްވެސް ދެވިފައިވެއެވެ. އެމް.ޕީ.އެލް އިން ބުނީ ކުރިއަށް އޮތްތާވެސް މިިފަދަ ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާދިސާއިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މުވައްޒަފުން ތަމްރީން ކުރުމަކީ މުހިއްމުކަމެއް ކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން އިސްނަގައިގެން ސަރުކާރުގެ މުއައްސަސާތަކައި، ކުންފުނިތަކުގެ މުވަޒަފުންނަކީ މަސައްކަތަށް ހެލުންތެރިވެފައިވާ ޤާބިލް ބަޔަކަށް ހެދުމަށްޓަކައި ގުޅިގެން ތަފާތު ތަމްރީން ޕޮރުގުރާތަށް އަންނަނީ ކުރިއަށް ގެންދަމުންނެއެވެ، މިފަދަ ޕޮރުގުރާމްތަށް ކުރިއަށް އޮތްތާގައިވެސް އިތުރަށް ކުރިއަށް ގެންދާނެކަނަށް އެމް.ޕީ.އެލް އިން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމްޕީއެލްގެ ޕޯޓް ޓްރެއިނިން ސެންޓަރުގެ ދިރާސީ އަހަރުގެ ނިމުން ފާހަގަކޮށްފި

މަސްމާރުކޭޓް ސަރަހައްދުގައި ހުރި ދޯނިތައް ނަގަން އަންގައިފި

ފަންސަވީސް ހާސް މަސްދަޅު ކޭސް ގެންދިޔަ ބޯޓު ކޮޅުނބަށް ބަނދަރުކޮށްފި

25،000 ކޭސް މަސްދަޅު ހިފައިގެން އެސްޓީއޯގެ ބޯޓެއް ލަންކާއަށް ފުރައިފި

TTH_advertisement