ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮރަޕްޝަންގެ ދައުވާއަށް އަކްރަމް އިންކާރު ކުރައްވައިފި

990

އެމްޑީޕީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން، ޝަރުތު ހަމަ ނުވާ ބަޔަކަށް ފްލެޓް ދިންކަމަށް ތުހުމަތުކޮށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ މައްޗަށް ދައުލަތުން އުފުލި ދައުވާއަށް އޭނާ މިއަދު އިންކާރު ކުރައްވައިފިއެވެ.

އަކްރަމްގެ އިތުރުން އެ ދައުވާ އުފުލާފައި ވަނީ 

  • ހައުސިން މިނިސްޓްރީގެ އޭރުގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ކޮމިޓީގެ މެންބަރު މުހައްމަދު އާރިފް
  • ޑިރެކްޓަރު ޖެނެރަލް އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރު އަހުމަދު ވިޝާން ނަސީމް
  • ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަދި ގެދޮރުވެރިޔާ ސްކީމްގެ ވެރިފިކޭޝަން ޕްރޮސެސްގެ ސުޕަވައިޒަރެއް ލިރުޣާމް ވަހީދު

އެ އެންމެންގެ މައްޗަށް ވެސް އުފުލީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

އަކްރަމް ހިމެނޭހެން އެ ހުރިހާ ބޭފުޅުން ވެސް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ.

އެ ބޭފުޅުންގެ މައްޗަށް ދައުވާ އުފުލީ އެމްޑީޕީ ސަރުކާރުން ނެރުނު ބިންވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓްގައި ހައްގު ނޫން ފަރާތްތަކެއްގެ ނަން ހިމެނިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

24

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މީހުންގެ މައްޗަށް ދައުވާ ކޮށްފި

98

ހުޅުމާލޭ ސެންޓްރަލް ޕާކްގައި މާރާމާރީ ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

އިބްރާހިމްް އަހުމަދު 11 މަހަށް ޖަލަށްލާން ހުކުމްކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި