ކުއްލި ޚަބަރު

ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ 24 އަހަރުގެ ފިިރިހެނެއް

ގިރާވަރުފަޅުން ގޯތި ލިބުުނު ފަރާތްތަކަށް އަލުން ގުރުނެގުން ހޮނިހިރު ބާއްވަން ނިންމައިފި

ތިލަފުށިން ގެއްލިގެން ހޯދަމުންދިއަ މީހާ ނިޔާވެފައި އޮއްވައި ފެނިއްޖެ

ޣައްޒާއިން އެ ފެންނަނީ މީހުން މެރުމާއި ލޭއޮހޮރުވުމަށް ޒަޔަނިސްޓުން ކަރުހިއްކައިގެންފައިވާ މިންވަރު: މީޑިއާ އޮފީސް

އިސްތިއުމަރީ ސިފައިން ޣައްޒާއަށް ބޮންއަޅަނީ

ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުން ދެމި އެބައޮތްތޯ ޣައްޒާގެ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުންވެސް، އިސްތިއުމާރީ އިސްރާއީލުން ގެންދަނީ ޣައްޒާއަށް އެތައް ހަމަލާއެއް ދެމުންނެވެ.

އެ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 97 މީހުން ޝަހީދުވެފައި ވާއިރު، ޒަޚަމްވި މީހުންގެ އަދަދު 230 އަށް އަރާފައި ވެއެވެ.

އެއްބަސްވެފައިވާ މިންވަރުގެ ދިހައެއް އިންސައްތަ އިންސާނީ އެހީވެސް ޣައްޒާއަށް އެތެރެކުރިޔަކަ ނުދެއެވެ. ބޭސް އެތެރެކުރަން ހުއްދައެއް ނުދެއެވެ. މަގުތައް ސާފުކުރަން ހެވީ ވެހިކަލް އެތެރެކުރިޔަނަ ނުދެއެވެ.

އެއްބަސްވުމުގައިވާ ގޮތަށް ރަފަހް ދޮރާށި ނުހުޅުވިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، އޮކްޓޫބަރު 10 އިން ފެށިގެން މިހާތަނަށް އިސްތިއުމާރީ ސިފައިން ޣައްޒާއަށް 80 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާ ކަމަށެވެ.

އާންމުންގެ ގެތަކާއި ޓެންޓުތަކަށް ވައިގެ ހަމަލާދެމުން، ބޮޑުބަޑީގެ ހަމަލާދެމުން، ބުލްޑޯޒަރުތަކުން ގެދޮރު ހަލާކުކުރަމުން އަދި އާންމުން ހައްޔަރުކުރުމުގެ ޖަރީމާތައް ހިންގަމުން ގެންދާ ކަމަށް، ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

މި ހުރިހާ ކަމެއް ކުރަމުން، އިސްތިއުމާރީ ބާރުން ބުނަނީ އެއްބަސްވުމާ ހަމާސްއިން ޚިލާފްވަމުންދާ ކަމަށެވެ.

ރަފަހްގައި، އިސްތިއުމާރީ ސިފައިންގެ ދެމީހަކު މަރުވެ އިތުރު 3 މީހުން ޒަޚަމްވީ ހަމާސްއިން ހަމަލާ ދީގެން ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އެ ވާހަކަ ހަމާސްއިން ކަނޑައެޅިގެން ދޮގު ކުރެއެވެ. ހަމާސް ބުނަނީ އެކަމުގައި އެމީހުންގެ އަތެއް ނެތް ކަމަށެވެ.

އެންމެފަހުން ރިޕޯޓްތައް ބުނާގޮތުން، އިސްރާއީލު ސިފައިންގެ ދެމީހަކު މަރުވީ، އެމީހުން ދަތުރުކުރި ބުލްޑޯޒަރު، އިސްރާއީލު ސިފައިން ޣައްޒާއަށް އަޅާފައި ހުރި ގޮވާތަކެތީގެ ތެރެއިން އެއްޗެއްގެ މައްޗަށް އަރައި ބުލްޑޯޒަރު ގޮވައިގެންނެވެ.

އެކަމުގެ އިލްޒާމު ހަމާސްގެ ބޮލުގައި އަޅުވައި ޣައްޒާއަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ އާންމުން ޝަހީދުކުރަމުން ދަނީ، ހަގީގަތް ފޮރުވަން ކަމަށް މަސްރަހް ދިރާސާކުރާ ފަރާތްތަކުން ބުނަމުން އެބަ ގެންދެއެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، ހަމަލަތައް ހުއްޓާލުމަށް އެއްބަސްވުމަށް ފަހުވެސް، އިސްތިއުމާރީ ބާރުން ޣައްޒާގައި ހިންގަމުންގެންދާ ޖަރީމާތަކުން ހާމަވެގެންދަނީ، އެއްވެސް ގާނޫނަކަށް އެމީހުން ބޯނުލަނބާނޭކަން ކަމަށާއި، މީހުން މެރުމާއި ލޭއޮހޮރުވުންތަކަށް ޒަޔަނިސްޓުން ކަރުހިއްކައިގެންފައިވާ މިންވަރު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ޑިމާންޑްކުރަނީ ތިން ކަމަކަށް، އީރާނުން އަންގަނީ ބިރުދައްކައިގެން އެއްބަސްވުމެއް ނުހެދޭނެ ކަމަށް

އީރާނުގެ މިސައިލްތައް އަމާޒުކޮށްފައިވާ އިސްރާއީލުގެ ބައެއް ތަންތަން ހާމަކޮށްފި، އެމެރިކާގެ ކޮމާންޑަރު އިސްރާއީލަށް

ގުދުސްގައި ހުންނަ އދގެ އޭޖެންސީގެ ހެޑްކްއާޓަރު ތަޅައި ބިމާހަމަކުރަން ފަށައިފި، ދުނިޔެ ހިމޭނުން!

ތުރުކީއާއި ގަތަރުގެ ސިފައިންނަކަށް ޣައްޒާއަކަށް ނޭރޭނެ: ނަތަންޔާހޫ

TTH_advertisement