ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮމިޓީ މައިކަށް ލިބުނު ގެއްލުމުގެ އަގު 3 މެންބަރެއްގެ އަތުން ނަގަން ސުލޫކު ކޮމިޓީން ފާސްކޮށްފި

TTH_Ads
STO_Ads
Advertisement

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު” ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ ހިނގައި ދިޔަ ކަންތައްގަނޑުގައި އެ ކޮމިޓީގެ މައިކަށް ލިބުނު ގެއްލުމުގެ އަގު ތިން މެންބަރުންގެ އަތުން ނަގަން މަޖިލީހުގެ އިމްތިޔާޒުތަކާއި ސުލޫކު ކޮމިޓީން ފާސްކޮށްފިއެވެ.

އެދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި، ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކޮމިޓީގެ މައިކެއް އޮން ކުރައްވައި ވާހަކަ ދައްކަވަން ފެއްޓެވުމުން، ކޮމިޓީގައި ނެތް މެންބަރަކަށް ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ، ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ހުސައިން އިމްރާން ލަތީފް މައިކް ދައްމަވައިގަންނަވަން ފެއްޓެވިއެވެ.

މައިކަށް ގެއްލުން ލިބުނީ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރު، މައިކްގެ ވާގަނޑުގައި ހިފަހައްޓާފައި މައިކް ދަމައިނުގަނެވޭތޯ މަސައްކަތް ކުރެއްވުމުގެ މަސައްކަތްގަނޑުގެ ތެރޭގައެވެ.

HajjCop_ads
Advertisement

މި މައްސަލައިގައި މައިކަށް ލިބުުނު ގެއްލުމާބެހެގޮތުން ގޮތެއް ނިންމައިދިނުމަށް އެދި އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލައިގައި ހިމެނޭ ތިން މެންބަރުންގެ އަތުން، މައިކަށް ލިބުނު ގެއްލުމުގެ އަގު އިދާރީ މޭޒުން ކޮމިޓީއަށް ހުށަހެޅުމުން، އޭގެ އަގު އެ މެންބަރުންގެ އަތުން ނަގަން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް އެވެ. ތާއީދު ކުރެއްވީ ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަފް އެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MMA

ބޭރު ފައިސާއާ ބެހޭ ޤާނޫނުގެ ބިލު މަޖިލީހަށް ބަލައިގެންފި

majilis

މުހިންމު މަސައްކަތްތަކެއް ހުރުމުން މަޖިލީހުގެ ދައުރު ދަންމައިލަނީ

788

ބޭރު ފައިސާއާބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފި

B 202510210456031761047763.4803

އުޅަނދު ޓޯކުރާ މައްސަލައަށް ހައްލު ހޯދަން ކޮމިޓީއަށް