ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުއްލި: ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވައި، ހަމަލާތައް ވަރުގަދަކޮށްފި

ކާނޭ އެއްޗެއް ލިބޭތޯ ޣައްޒާގެ އާންމުންނާއި ކުޑަކުދިންތަކެއް ކިޔޫގައި ޖެހިގެން:

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އިސްތިއުމާރީ އިސްރާއީލުން ހުއްޓުވައިފިއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ “އިތުރު އެއްޗެއް އަންގަންދެން” ޣައްޒާއަށް އެއްވެސް އެހީއެއް ދެން އެތެރެ ނުކުރެވޭނޭ ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން އިސްރާއީލުން މި ހުއްޓުވީ، އެހީ އެތެރެކުރާ ހުރިހާ ދޮރާށިތައް ބަންދުކޮށް އަދި ހަމާސްއަށް ހަމަލާދިނުމަށް މުޖުރިމު ނަތަންޔާހޫ އަމުރު ކުރުމާ ގުޅިގެންނެވެ.

ނަތަންޔާހޫގެ އަމުރަށް އިސްތިއުމާރީ ސިފައިން މިހާރު ގެންދަނީ މުޅި ޣައްޒާއަށް ބޮންއަޅަމުންނެވެ.

އެގޮތުން، ޣައްޒާގެ އެކި ހިސާބުތަކަށް މިއަދުގެ މިހާތަނަށް ސަތޭކަ އެތައް ވައިގެ ހަމަލާ ދީފައި ވެއެވެ. މި ހަމަލާތަކުގައި އާންމު އެތައް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ޣައްޒާގެ ދެކުނުން ރަފަހްގައި ހިނގި ކުރިމަތިލުންތަކެއްގައި އިސްތިއުމާރީ ސިފައިންގެ ދެމީހުން މަރުވެފައިވާ ކަމަށް އިސްރާއީލުން ބުނެފައި ވެއެވެ.

ހަމާސްއިން ބުނެފައިވަނީ، ރަފަހް އޮންނަނީ އިސްރާއީލު ސިފައިންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާއި، އެ ރަށުގައި ހިނގައިގެން އުޅޭ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

އެކަމަކު، އިސްތިއުމާރީން ބުނަނީ ސިފައިންނަށް ހަމަލާދިނީ ހަމާސްއިން ކަމަށެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން މި ހުއްޓުވީ، ދެއަހަރަށްފަހު ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށިތާ ދިހަދުވަސްވެސް ނުވަނީހެވެ.

މި އެއްބަސްވުމުގެ ދަށުން، ކޮންމެވެސް ވަރަކަށް އިންސާނީ އެހީ ޣައްޒާގެ އާންމުންނަށް ލިބެން ފަށާފައި ވަނިކޮށްވެސް މެއެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވުމުގެ ސަބަބުން ކާބޯތަކެއްޗާއިމ ބޯފެނާއި، ބޭސް ހުސްވެ، ޣައްޒާގެ އާންމުނން ބަނޑަށްމަރުވާން ފަށާފައިވަނީ މިއަހަރުގެ މެއިމަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި