ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

އެއްބަސްވުމާ ހަމާސްއިން ޚިލާފްވާ ކަމަށް އެމެރިކާއިން ބުނުމުން ވަރުގަދަ ރައްދެއް ދީފި

އިސްތއުމާރީ ބާރުން މިއަދު ޣައްޒާއަށް ބޮންއަޅަނީ: މި މަންޒަރެއް އެމެރިކާއަކަށް ނުފެނޭ

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފްވަނީ ހަމާސްއިން ކަމަށް އެމެރިކާއިން ބުނުމުން ހަމާސްއިން އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދައި އެމެރިކާއަށް ނުރުހުން ފާޅުކޮށްފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާ ހަމާސްއިން ޚިލާފްވަމުންދާ ކަމަށް “އިތުބާރު ހުރި” ރިޕޯޓްތަކެއް ބުނަމުންދާ ކަމަށެވެ.

އަދި ޣައްޒާގައި ހަމަލާތަކެއް ދިނުމަށް ހަމާސްއިން ރާވަމުންދާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ވާހަކަތަކަށް ރައްދުދީ ހަމާސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން ހަމާސްގެ ބޮލުގައި އަޅުވާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއްނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

އަދި މިއީ އިސްތިއުމާރީ ބާރުން ކަންކަން އޮޅުވާލުމަށް ފަތުރަމުންދާ ޕްރޮޕަގެންޑާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މިއީ، އިސްތިއުމާރީ ބާރުން ޣައްޒާގައި ހުއްޓާނުލާ ހިންގާ ޖަރީމާތަކާއި އުދުވާނުތަކުގައި މަތިޖެހުމަށް ކުރާ ކަމެއް ކަމަށްވެސް ހަމާސްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ހަމާސްއާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި، އާންމުން ޝަހީދުކުރަމުންދާ ދިއުމަށް އެމެރިކާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެއްބަސްވުމާ ޚިލާފް ސާޅީސް އެތައް ހަމަލާއެއް އިސްރާއީލުން ޣައްޒާއަށް ދީފައި ވާއިރުވެސް އެމެރިކާއަށް އެކަން ބޮޑުކަމަކަށް ނުވިއެވެ.

މިއަދުވެސް އިސްތިއުމާރީ ސިފައިންވަނީ ޣައްޒާގެ ދެކުނުން ރަފަހަށް ވަރުގަދައަށް ބޮން އަޅާފައެވެ. އެއީ، އިސްރާއީލު ސިފައިންގެ ބަޔަކަށް ރަފަހްގައި ހަމަލާދިނުމުން ކަމަށް ބުނެއެވެ.

ނަމަވެސް، ހަމާސްއިން ބުނެފައިވަނީ އެ ޖަމާއަތުގެ އެއްވެސް ހަރަކާތެއް ރަފަހުގައި ނުހިންގާ ކަމަށާއި، ރަފަހްގެ ކޮންޓްރޯލް އޮތީ އިސްތިއުމާރީ ސިފައިންގެ އަތްދަށުގައި ކަމަށެވެ.

އަނެއްކޮޅުން، ޣައްޒާގެ މެދުތެރެއާއި، ޣައްޒާގެ އުތުރުގެ އެކި ހިސާބުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްދީ 11 މީހުން ޝަހީދުކޮށްލާފައި ވެއެވެ.

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމާ ޚިލާފްވެ އިސްތިއުމާރީ ޓެރަރިސްޓުން މިހާތަނަށް ޣައްޒާއިން ފަންސާސް އެތައް މީހުން ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

އެކަމަކު، އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން މިއިން އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވެއެވެ. އަދި އެއިން ކަމެއް އެނގޭ ކަމަކަށްވެސް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި

ނަތަންޔާހޫ މިނަށްވުރެ އަނގަގަދައީ: އީރާނު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް

Ist2

ހުޅަނގު އައްސޭރީގެ އިސްތިއުމާރު އިތުރަށް ފުޅާކުރަން އިސްރާއީލުން ނިންމި ނިންމުން ދުނިޔެއިން ކުށްވެރިކުރަނީ

ކިތަންމެ ބިރެއް ދެއްކިޔަސް މިނިވަންކަމާ ގުޅޭ ކަމެއްގައި ދޫދިނުމެއްނެތް: އީރާނުގެ ޚާރިޖީ ވަޒީރު

TTH_advertisement