ނެޝަނަލް ބޯޓިން އެސޯސިއޭޝަން (އެންބީއޭއެމް)ގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
ބޯޓިން އެެސޯސިއޭޝަނުން ފޭސްބުކުގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެކްސްކުލޫސިވް ނުވަ ބޯޑު މެންބަރުންނާއި މެނޭޖުމަންޓުގެ ތިން މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނީ އެ މަގާމުތަކަށް ކުރިމަތިލެވޭނީ މިއަހަރު ޖަމިއްޔާގައި ރަޖިސްޓްރީވެ، މަގާމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށެވެ.
މަގާމުތަކަށް ކުރިމަތިލާން ފޯމާއި އިތުރު ލިޔުންތައް ހުށަހަޅަންވާނީ މެއިލް މެދުވެރިކޮށްކަމަށް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 7970033 ގުޅައިގެން ލިބެން ހުންނާނެކަމަށް ބޯޓިން އެސޯސިއޭޝަނުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު