ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އައްޑޫ ޚިޔާލު ހޯދުމުގެ އާންމު ވޯޓަށް ރީ-ރަޖިސްޓަރވުމުގެ މުއްދަތު އިތުރުކޮށްފި

addu

އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލާފަވާ ފުރުޞަތު މާދަމާގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.

ވޯޓުލާން ކުރިން ރެޖިސްޓްރީވެފަވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ މީހުން ރީ ރެޖިސްޓަރވުމަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ. އިލެކްޝަނުން އޭރު ދީފަވަނީ 1 ދުވަހުގެ މުއްދަތެކެވެ.

ނަމަވެސް ވަގުތު އިތުރުކޮށްފަމިވަނީ ވީހާވެސް ގިނަ މީހުންނަށް އެ ފުރުޞަތު ދިނުމަށެވެ.

އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް އެ ފަރާތެއް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކުރުމަށްފަހު ވޯޓުލާންބޭނުންވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.

އައްޑު އަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

addu

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ މީހެއް

BML shareef

އައްޑޫގެ ތަރައްގީއަށް ބޭނުންވާ މަލީ އެހީތެރިކަން ދޭން ބީއެމްއެލް ތައްޔާރު: ޝަރީފު

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް