ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަސްމީ ރިޒާވް ހަ ޕަސެންޓް އިތުރުވެއްޖެ

MMA
STO_Ads
TTH_Ads

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ސެޕްޓެމްބަރު މަސް ނިމުނު އިރު، ދައުލަތުގެ ރަސްމީ ރިޒާވް ވަނީ، އޮގަސްޓް މަހަށްވުރެ 6.1 ޕަސަންޓަށް އިތުރުވެފައެވެ.

މިދިޔަ މަސް ނިމިނު އިރު، ރަސްމީ ރިޒާވްގައި ހުރީ 859.46 މިލިއަން ޑޮލަރެވެ. އޮގަސްޓް މަސް ނިމުނު އިރު، ރިޒާވް ހުރީ 810.05 މިލިއަން ޑޮލަރުގައެވެ.

މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވް ވެސް ވަނީ މަތިވެފައެވެ. މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 194 މިލިއަން ޑޮލަރު ހުރި އިރު، އޮގަސްޓް މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 189 މިލިއަން ޑޮލަރެވެ.

Maldivian_Ads

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރިޒާވް ހުރީ 371.22 މިލިއަން ޑޮލަރުގައެވެ. އެހެންކަމުން އެ މުއްދަތާއި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ރިޒާވްގެ އަދަދާ އަޅައިބަލާއިރު، އެއީ 131.5 ޕަސަންޓުގެ އިތުރުވުމެކެވެ.

ދައުލަތުގެ ރިޒާވް އެންމެ ބޮޑަށް މައްޗަށް ގޮސްފައިވަނީ 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ. އެ ކުއާޓަރުގައި 1.02 ބިލިއަން ޑޮލަރަށް ރިޒާވް އެރި ނަމަވެސް، އެ އަހަރު ނިމުނު އިރު، 805.81 މިލިއަން ޑޮލަރަށް ވެއްޓުނެވެ.

އަހަރެއް ނިމުނު އިރު، ރިޒާވް އެންމެ މައްޗަށް ގޮސްފައިވަނީ 2020 ވަނަ އަހަރުއެވެ. އެ އަހަރު ނިމުނު އިރު، ރިޒާވް ހުރީ 984.93 މިލިއަން ޑޮލަރުގައެވެ.

ރިޒާވް އެންމެ ބޮޑު އަދަދަކަށް ވެއްޓިފައިވަނީ އެމްޑީޕީ ސަރުކާރުގެ ފަހު އަހަރެވެ. 2023 ވަނަ އަހަރު ނިމުނު އިރު، ދައުލަތުގެ ރިޒާވް ހުރީ 590.52 މިލިއަން ޑޮލަރުގައެވެ. އެއީ 2022 ވަނަ އަހަރަށްވުރެ 241.57 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އޭގެ ފަހުން މިދިޔަ އަހަރު ނިންމާލީ 673.89 މިލިއަން ޑޮލަރުގެ ރިޒާވަކާއެކުއެވެ.

މިދިޔަ އަހަރުން ފެށިގެން ރިޒާވުން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ޖެހެނީ ބޭރު ގައުމުތަކަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމަށެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ ދެ ޕޭމަންޓެއް މިއަހަރު ވެސް ދެއްކިއެވެ. އެއީ އޭޕްރީލް މަހާއި މިމަހު އެވެ.

ސުކޫކުގެ މިމަހުގެ ކޫޕަން ފައިސާގެ ގޮތުގައި 24.6 މިލިއަން އެމެރިކާ ޑޮލަރު ވަނީ ދައްކައިފައެވެ. އަދި މުޅި އަދަދު އަންނަ އޭޕްރީލު މަހު ދައްކައި ހަލާސްކުރަން ޖެހޭނެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

finance

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 13.6 ބިލިއަން ރުފިޔާ

kulli khabaru

އިންޑިޔާއިން ނެގި 400 މިލިޔަން ޑޮލަރުގެ ލޯނު ދައްކާ ޚަލާސްކޮށްފި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

Original 1776763586317

އެމްއެމްއޭގެ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި