ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްރާއީލުން ހަވާލުކުރާ ފަލަސްތީނު ގައިދީންގެ ހަށިތަކުން ބޮޑެތި އަނިޔާދީ ގަސްތުގައި މަރާލާފައިވާކަމުގެ ހެކި

އިސްރާއީލުން ހަވާލުކުރި ފަލަސްތީނު ގައިދީންތަކެއްގެ ހަށިތައް:

 

 

ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން މިހާތަނަށް ހަވާލުކުރި މަރުވެފައިވާ 120 މީހުންނަކީ ޖަލުގައި ބޮޑެތި އަނިޔާތައްކޮށް ގަސްތުގައި މަރާލާފައިވާ މީހުން ކަމަށް، ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ތުހުމަތު ކޮށްފިއެވެ.

ޣައްޒާ މީޑިއާ އޮފީހުން ބުނެފައިވަނީ، ގަސްތުގައި ރާވައިގެން އެމީހުންނަށް ލާއިންސާނީ އަނިޔާކޮށް މަރާލާފައިވާ ކަމުގެ ސާފު ހެކިތައް ފެންނާން އެބަހުރި ކަމަށެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، މަރުވެފައިވާ މީހުންގެ ކަރުގައި ވާޖަހައި އެލުވައި ދަންޖައްސާފައިވާ ކަމުގެ ނިޝާނާއި، ވަރަށް ގާތުން ބަޑިޖަހައި މަރާލާފައިވާކަމުގެ ނިޝާނާއި، ދެއަތާއި ދެފައި ބަނދެ މަރާލާފައިވުމާއި، ކަނުބަނދެ މަރާލުމާއި އަދި އަސްކަރީ ޓެންކް ބައެއް މީހުންގެ ގައިމަތިން ދުއްވައި މަރާލާފައިވުމާއި، ގުނަވަންތައް ބިންދައި، އަލިފާންޖަހައި އަންދައި ބޮޑެތި ޒަޚަމްތައް ދީފައިވުމަކީ ބޮޑެތި އަނިކޮށް އެމީހުން މަރާލިކަން ހާމަވާ ހެކިތައް ކަމަށް ޣައްޒާ މީޑިއާ އޮފީހުން ބުނެފައި ވެއެވެ.

މިއީ، އެއްވެސް ސުލޫކެއް، އަޚުލާގެއްނެތް ޒަޔަނިސްޓު އަސްކަރިއްޔާއިން ހިންގާފައިވާ ނަސްލުނައްތާލުމުގެ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށް ބުނެ، ހަމާސްއިން އިސްރާއީލު ވަރަށް ބޮޑަށް ކުށްވެރި ކޮށްފައި ވެއެވެ.

ފަލަސްތީނު ގައިދީންނަށް އިސްތިއުމާރީ އިސްރާއީލުން ކޮށްފައިވާ ލާއިންސާނީ ޖަރީމާތަކުގެ މިނިވަން ތަހްގީގެއް ހިންގަން، ބައިނަލްއަގްވާމީ ކޮމިޝަނެއް އުފައްދަން ހަމާސްއިންވަނީ އދއަށް ގޮވާލާފައެވެ.

ފަލަސްތީނު ގައިދީންނަށް ކޮށްފައިވާ ބޮޑެތި އަނިޔާތަކާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި

ކޮންމެފަދަ އެއްބަސްވުމެއް ހެދިޔަސް އިސްރާއީލުގެ މަސްލަހަތު ރައްކާތެރިކުރާނަން: ނަތަންޔާހޫ

ޓްރަމްޕް ދިން މުހުލަތު ހަމަވާން ގާތްވަނީ، އީރާނު “ސުންނާފަތިކުރަން” އިސްރާއީލުވެސް ތައްޔާރުވަނީ